ޅ. އޭއީސީގެ ސްޓޫޑެންޓް ކައުންސިލަށް ރައްޔިތުންގެ މަޖިލިސް ހިނގާގޮތުގެ ޕްރެޒެންޓޭޝަނެއް

ޅ. އޭއީސީގެ ސްޓޫޑެންޓް ކައުންސިލަށް ރައްޔިތުންގެ މަޖިލިސް ހިނގާ ގޮތުގެ ޕްރެޒެންޓޭޝަނެއް ދީފިއެވެ. މި ޕްރެޒެންޓޭޝަން ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ.

މި ޕްރެޒެންޓޭޝަންގައި، ރައްޔިތުންގެ މަޖިލީހުގައި ކަންތައްތައް އިންތިޒާމް ކުރެވިފައި އޮންނަ ގޮތާއި، ބިލްތައް ހުށަހެޅުމާއި އެއަށް ބަހުސްކުރުމާއި، މައްސަލަތައް ކުރިއަށް ގެންދާ ގޮތުގެ މަރުހަލާތައް ތަފްޞީލު ގޮތެއްގައި ޖީހާން ވިދާޅުވެދެއްވިއެވެ.

ޅ. އޭއީސީން ބުނީ، ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތައް ރޭވިފައި އޮންނަ ގޮތާއި ބިލްތައް ކުރިއަށް ގެންދާ ގޮތް އެ ސްކޫލުގެ ސްޓޫޑެންޓް ކައުންސިލަށް މުހިންމު ވަނީ އެ ކައުންސިލްގެ މަސައްކަތްތައް ބައްޓަން ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް އަސްލަކަށް ބަލައިގެން ކަމަށް ވާތީއެވެ.

އެ ޕްރެޒެންޓޭޝަނުން މުހިންމު މައުލޫމާތު ތަކެއް ދަރިވަރުންނަށް ލިބުނު ކަމަށް ޅ. އޭއީސީން ބުނެއެވެ.

ޅ. އޭއީސީގެ ސްޓޫޑެންޓް ކައުންސިލް ހުވާކުރުމުގެ ދަރުބާރު ވެސް ބޭއްވީ ރައްޔިތުންގެ މަޖިލިސް އަސްލަކަށް ބަލައިގެންނެވެ. އެ ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓީ ސްކޫލްގެ ޕްރިންސިޕަލެވެ.

ސްޓޫޑެންޓް ކައުންސިލުގައި ހިމެނެނީ ގުރޭޑް 8ން 12ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ހޮވާ ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *