ސީއެޗްއެސްއީގެ އެކްސްކޯއަށް ހޮވުނު ދަރިވަރުންނަށް މަޤާމް ހަވާލުކޮށްފިއެވެ. ދަރިވަރުންނަށް މަޤާމް ހަވާލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ ހޮނިހިރު ދުވަހުގެ ރޭ އެ ސްކޫލުގައެވެ. ޝަރަފުވެރިކޮށް ދެއްވީ އިސްލާމީ ކަންތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
ސީއެޗްއެސްއީގެ ދަރިވަރުންގެ "އެކްސްކޯ" ހޮވަނީ ގުރޭޑް 12ގެ ޕްރިފެކްޓުންގެ ތެރެއިންނެވެ. ދަރިވަރުން ހޮވަނީ، ހާޒިރީއާއި ސްކޫލުގެ ހަރަކާތްތަކުގައި ދަރިވަރުންގެ ބައިވެރިވުން އޮންނަ މިންވަރާއި ލީޑަރޝިޕާއި އަދި އިންޓަވިއުގެ މައްޗަށް ބިނާކޮށެވެ. އަދި އޭގެ އިތުރުން ގުރޭޑް 12ގައި ކިޔަވާ ހުރިހާ ދަރިވަރުންގެ ވޯޓް ވެސް މުހިންމު ރޯލެއް ކުޅެއެވެ.

ސީއެޗްއެސްއީގެ މި އަހަރުގެ ކެޕްޓަނަކަށް ހޮވުނީ، އިބްރާހިމް ރިފާއުއެވެ. ޑެޕިއުޓީ ކެޕްޓަނުންނަކީ އަހުމަދު އަކްމަލް އަސްލަމް އަދި އައިޝަތު މަލާކް މުހައްމަދެވެ. ގޭމްސްގެ ކެޕްޓަނަކީ މުހައްމަދު ޖުލާން ޝަފީއުވެ. ޑެޕިއުޓީ ގޭމްސް ކެޕްޓަނުންނަކީ މަޚްތޫމް ބިން ހުސައިން އާއި އައިޝަތު އަންޖަލް ސައިދުاللهއެވެ. ހެޑް ޕްރިފެކްޓަކީ އަހުމަދު އަލާއު އިސްމާއިލެވެ.
މީގެ އިތުރުން ސްޓޫޑަންޓް އެކްސްކޯގައި ހިމެނެނީ 4 ހައުސް ކެޕްޓެއިސްނާއި ކޮންމެ ހައުސެއްގެ ދެ ޑެޕިއުޓީ ކެޕްޓަނުންނެވެ.

މި ރަސްމިއްޔާތުގައި ސީއެޗްއެސްއީ އެކްސްކޯގެ ސްޓޫޑެންޓް އެކްސްކޯ 9 ކްލަބަށް ވެސް ސެޓްފިކެޓް ދިނެވެ. ކުލަބުގެ މަޤާމްތަކަށް ދެ ގުރޭޑްގެ ދަރިވަރުން ވާދަކުރިއެވެ.
ސީއެޗްއެސްއީގައި ހިމެނޭ ކްލަބްތައް:
- ދަރަވަރުންގެ ގުޅުން
- އިނގިރޭސި ލިޓަރަރީ އެސޯސިއޭޝަން
- އިސްލާމިކް ފޯރަމް
- އިންފިނިޓީ ކްލަބް
- ހިއުމަން ރައިޓްސް ކްލަބް
- އަންވަޔަރަންސް
- މީޑިއާ ކްލަބް
- އެޓަމްސް
- ބިޒްއާރޓް
advertisment
ހިޔާލު