ތ. އަތޮޅު މަދަރުސާގެ އިސްވާރުންނަށް "އިސްވާރުންގެ ބަދަހި ކޭމްޕު" ބާއްވައިފިއެވެ. މި ކޭމްޕް ކުރިއަށް ގެންދިޔައީ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނާއި ތ. އަތޮޅު މަދަރުސާ ގުޅިގެންނެވެ.
ޑިސެމްބަރ 16 އަދި 17 ވަނަ ދުވަހު ތ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި އެންޓި ސޯޝިއަލް ބިހޭވިއަރ، ގައުމިއްޔަތު، ފަސްޓްއެއިޑް، ޓްރެފިކް އެވެއާނަސް، ފިޒިކަލް އެޑިއުކޭޝަން އަދި ޓީމް ބިލްޑިންގ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

މި ކޭމްޕްގައި، ޓްރެފިކް މައްސަލަތަކަށް ހޭލުންތެރިކުރުމަށް މައުލޫމާތުދީ އަދި މަގުމަތީގެ އަދަބުތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި ޓީމްވޯކް ވަރުގަދަކޮށް ހަރުދަނާކުރުމަށް ބާރުއެޅުމާއެކު ދަރިވަރުންނަކީ އަހުލާގު ރަނގަޅު ބަޔަކަށް ހެދުމާއި، މައިންބަފައިންނާއި މުދައްރިސުންގެ ބަސްގަބޫލުކުރާ ކިޔަމަންތެރި ބަޔަކަށް ހެދުމަށް ބާރުއަޅައި މައުލޫމަތުދީފައިވެއެވެ
އޭގެ އިތުރުން، ދަރިވަރުންނަކީ ގައުމުދެކެ ލޯބިވާ ބަޔަކަށް ހެދުމާއި، ދަރިވަރުންގެ ކިބައިގައި ގައުމީ ރޫހު އާލާކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އަދި ކުއްލިއަކަށް ދިމާވާ ހާދިސާތަކުގައި ފުރަތަމަ އެހީ ދޭނެ ގޮތްތައް ބުނެދިނުމަށް ވެސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
advertisment
ހިޔާލު