އަރަބި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްޞާ ހަރަކާތްތަކެއް މިއަދު ހަވީރު ކުރިއަށް ގެންދަން ނިންމައިފިއެވެ.
ދިވެހިރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނެފައި ވަނީ ވަނީ މިއަދު ހަވިރު އާޓިފިޝަލް ބީޗްގައި އެ ހަރާކާތް ކުރިއަށް ގެންދާނީ ހަވިރު، 4ން6އަށެވެ.
އެ އެމްބަސީން ބުނީ، އާޓިފިޝަލް ބީޗްގައި ސްޓޯލްތަކެއް ތައްޔާރުކޮށް، އެތަނުން އަރަބި ބަހާއި އެ ބަސް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއި އަރިބި ލިޔުމާއި ޅެން ހެދުން ފަދަ ތަފާތު ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސައުދީގައި ކިޔެވުމަށް ހުރި ފުރުޞަތު ތަކާ ގުޅޭ މައުލުމާތު ވެސް މި ހަރަކާތުގެ ތެރެއިން ދޭނެ ކަމަށެވެ.
މި ހަރަކާތުގައި އިސްލާމިކް މިނިސްޓްރީ، ޤައުމީ ޔުނިވަރސިޓީ، އަރަބިއްޔާ ސްކޫލް، އިސްލާމިކް ޔުނިވާސިޓީ، އިލްމް އިންސްޓިޓިއުޓް އަދި އެވިޑް ކޮލެޖުން ބައިވެރިވެއެވެ.
advertisment
ހިޔާލު