ލަންދޫ ސްކޫލުގެ "މޫދު ގުބޯ" ގައި 154 ދަރިވަރުންނާއި 30 މުވައްޒަފުންނަށް ފަތަން ދަސްކޮށްދީފި

ނ. ލަންދޫ ސްކޫލުގެ " މޫދު ގުބޯ" ގައި އެ ސްކޫލުގެ 154 ދަރިވަރުންނާއި 30 މުވައްޒަފުންނަށް ފަތަން ދަސްކޮށްދީފިއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ 22 މެއި އިން 29 ނޮވެމްބަރަށެވެ.

ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން " މޫދު ގުބޯ" އެ ސްކޫލުން މިދިޔަ އަހަރު ވެސް ކުރިއަށް ގެންދިޔައެވެ. މި ފަހަރުގެ ހިންގި މި ހަރަކާތުގެ ތެރެއިން އެ ސްކޫލުގެ ސްކައުޓުންނަށް އެޑްވާންސް ސްވިމަރ ބެޖް ވަނީ ހަވާލުކޮށްފައެވެ.

މި ހާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ، ށ.އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަބްދުﷲ އަށާ،  ނ.އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ސުއައިބް އަބްދުއްރަހްމާނެވެ.

"މޫދު ގުބޯ" ހަރަކާތުގައި ފަތަން ދަސްކޮށްދެނީ ގުރޭޑް 3ން މަތީގެ ކުރޭޑް ތަކުގެ ދަރިވަރުންނަށެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ   ލަންދޫ ސްކޫލާއި ލަންދޫ ޕޮލިސް ސްޓޭޝަން އިސްނަގައިގެން ލަންދޫގަ ޤާޢިމުވެފާވާ ހުރިހާ މުއައްސަސާތަކެއް ގުޅިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *