ސީއެޗްއެސްއީގެ ޕްރިންސިޕަލް ސަފޫރާ، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

ސީއެޗްއެސްއީގެ ޕްރިންސިޕަލް އާއިޝަތު ސަފޫރާ، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ.

ތަޢުލީމީ ދާއިރާގައި 25 އަހަރު ޚިދުމަތް ކުރެއްވި ސަފޫރާ، ތިން އަހަރު ދުވަހު މަޖީދިއްޔާ ސްކޫލުގައި މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން ސީއެޗްއެސްއީއާ ގުޅިވަޑައިގެންނެވީ ހިސާބު މުދައްރިސެއްގެ ގޮތުގައެވެ. ޕްރިންސިޕަލެއްގެ ގޮތުގައި ހަމަޖެއްސުމުމުގެ ކުރިން އެ ސްކޫލުގެ ލީޑިންގ ޓީޗަރުކަމާއި ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ ބެންގަލޫރު ޔުނިވާސިޓީންނެވެ. މާސްޓާސް ޑިގްރީ ހެއްދެވީ 2006 ވަނަ އަހަރު، އާޓް އިން މެތްސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދާއިރާއިން އެމެރިކާގެ އޮހިއޯ ސްޓޭޓް ޔުނިވާސިޓީންނެވެ. އޭގެ ފަހުން ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މައި ކޮލެޖުން މިދިޔަ އަހަރު މާސްޓާސް ޑިގްރީ ހާސިލްކުރެއްވިއެވެ.

ސްޓޭޓްމިނިސްޓަރަކަށް ސަފޫރާ އައްޔަން ކުރެއްވުމުން ސީއެޗްއެސްއީ ހިންގުން ޑެޕިއިޓީ ޕްރިންސިޕަލާ ވަނީ ހަވާލުކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *