ސްކޫލްތަކުގެ ވާހަކަތައް ގެނެސްދިނުމަށް "މަދަރުސީ ވެށި" ދަރިވަރު ނޫހުން މިއަދު ފަށައިފިއެވެ. މަދަރުސީ ވެށި ގެނެސްދޭނީ މަހަކު ދެ ފަހަރުއެވެ. "މަދަރުސީ ވެށި މިފަހަރު ޚާއްޞަ ކުރީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލަށެވެ.
" މަދަރުސީ ވެށި"ގައި ކިޔައި ދެނީ ކޮންމެ ސްކޫލެއްގެ ވެސް މުހިންމު ވާހަކަތަކެވެ. ފާހަގަކޮށްލެވޭ މުދައްރިސުންނާއި ދަރިވަރުންގެ ވާހަކަތަކެވެ. ޕްރިންސިޕަލުގެ ޚާއްޞަ ބަސްދީގަތުމާއި ކުރިއަށް ރާވާފައި ހުރި މުހިންމު ކަންތައްތަކެވެ. ހުރަވީ ސްކޫލާ ގުޅުން ހުރި، ކުރިން އަޑުނީވޭ އެތައް ވާހަކަތަކެއް މިފަހަރުގެ މަދަރުސީ ވެށިން ގެނެސްދޭނެއެވެ.
މިއީ ދަރިވަރުން ފަށާ އައު ސަފުހާއެއްގެ ފެށުމެކެވެ.
advertisment
ހިޔާލު