ގުރޭޑް 10 ނިންމާ ދަރިވަރުން ހަތަރު މާއްދާގައި ބައިވެރިވުން މަޖުބޫރު، ފައިސާ ދައްކާނީ ސަރުކާރުން

ގުރޭޑް 10 ނިންމާ ދަރިވަރުން ހަތަރު މާއްދާގައި ބައިވެރިވުން މަޖުބޫރު، ފައިސާ ދައްކާނީ ސަރުކާރުން

ގުރޭޑް 10 ނިންމާ ދަރިވަރުން ހަތަރު މާއްދާގައި ބައިވެރިވުން މަޖުބޫރުކޮށް، އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މީގެ ކުރިން ސަރުކާރުން ފައިސާ ދައްކަނީ މޮކް އެގްޒާމުގައި ފާސްވާ މާއްދާތަކަށް ބަލައިގެންނެވެ. މަޖުބޫރު މާއްދާއަކުން ފާސް ނުވެއްޖެނަމަ އެ މާއްދާގައި އެ ދަރިވަރަކު ބައިވެރި ވާނީ އަމިއްލަ ގޮތުންނެވެ. ފައިސާ ދައްކަން ޖެހޭނީ ވެސް އަމިއްލަ އަށެވެ.

މިއަދު ގެނައި ބަދަލާއެކު، މަޖުބޫރު ހަތަރު މާއްދާގެ ގޮތުގައި ކަނޑައަޅާފައިވާ ދިވެއްސާއި އިސްލާމާއި ހިސާބުގެ އިތުރުން އިނގިރޭސި މާއްދާގައި ގުރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވުން މަޖުބޫރު ވާނެއެވެ.

ދަރިވަރު ނޫހަށް ތަޢުލީމީ ވަޒީރު، ޑރ. އިސްމާއިލް ޝަފީޢު މިރޭ ވިދާޅުވީ، އެ ބަދަލު ގެންނަން ޖެހުނީ، މަޖުބޫރު މާއްދާތައް ދޫކޮށްލާ ސަޤާފަތެއް އާލާވަމުން އަންނަ ކަމަށް ފާހަގަކުރެވިގެން ކަމަށެވެ.

ޑރ. އިސްމާއިލް ވިދާޅުވީ، ހަތަރު މާއްދާއިން ބައިވެރި ނުވަނީ، ގުރޭޑް 10 ނިންމާ ދަރިވަރުންގެ ވަރަށް ކުޑަ ޕޯޝަންއެއް ކަމަށާއި ބެލެނިވެރިންނަށް ވެސް ހީވެފައި އޮންނަނީ މަޖުބޫރު މާއްދާތައް ވެސް ވަރަށް ފަސޭހައިން ދޫކޮށްލެވޭ ކަމަށެވެ.

" މަދު އަދަދެއްގެ ކުދިން އުޅޭ މަޖުބޫރު މާއްދާތައް ދޫކޮށްލުމުގެ ނިޔަތެއްގައި ނޫނީ ނުހެދުމުގެ ނިޔަތެއްގައި. އަޅުގަނޑުމެން ބޭނުން ވަނީ އެ އެފުރުޞަތު ނުދޭން" ތައުލީމީ ވަޒީރު ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ މަޖުބޫރު މާއްދާތަކަށް ފީ ދެއްކުމުގައި އަމަލުކުރާނީ އެ މިނިސްޓްރީގެ 03/2008 ނަމްބަރު ސާކިއުލާއާ އެއްގޮތަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *