އެމްއޭސީއެލްގެ މެރިޓް އެވޯޑް ސީއެޗްއެސްއީގެ ހަތަރު ދަރިވަރުންނާއި ހަވާލުކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެރިޓް އެވޯޑް ލިބޭ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަންގެ ދަރިވަރުންނާއި އެ އެވޯޑް ހަވާލުކޮށްފިއެވެ.

އެމްއޭސީއެލްއިން މެރިޓް އެވޯޑް ދެނީ، އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ދަރިވަރުންގެ ހިތުގައި ކިޔެވުމުގެ ރޫޙް އަށަގަންނަވައި، ހިތްވަރު ދިނުމުގެ ގޮތުން، ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ ހަތަރު ދަރިވަރުންގެ ތެރެއިން ކޮންމެ ޖިންސަކުން ދެ ދަރިވަރުންނަށެއެވެ.

މި އަހަރު މި އެވޯޑް ލިބުނު ހަތަރު ދަރިވަރުންނަށް އެވޯޑް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ.

މެރިޓް އެވޯޑް ލިބުނު ދަރިވަރުން:

  • އިބްރާޙިމް ރިފާޢު
  • ހަސަން ލަޔާން މުޙައްމަދު
  • އަފާފް އަހްމަދު މުސްތަފާ
  • އައިޝަތު އީޝަލް އަޙްމަދު އަސްލަމް

މެރިޓް އެވޯޑް ލިބޭ ކޮންމެ ދަރިވަރަކަށް އެއް އަހަރު ދުވަހަށް، މަހަކު ދެ ހާސް ރުފިޔާގެ އެލަވަންސަކާއި، ލެޕްޓޮޕަކާއި ޑާޓާ ޕެކޭޖެއް އެމްއޭސީއެލްއިން ދެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ވެސް އެމްއޭސީއެލްއިން ފަހިކޮށް ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *