ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއް ނަމޫނާއެއް ބަލައިގެން ޅ. އޭއީސީގެ "ސްޓޫޑެންޓް ލީޑަރުން" ހުވާކުރުމުގެ ދަރުބާރު ބާއްވައިފިއެވެ.
ސްޓޫޑެންޓް ލީޑަރުންގެ ގޮތުގައި 60 ދަރިވަރުން ހިމެނޭއިރު، ޖަލްސާ ފެއްޓެވުމުގެ ގޮތުން ރިޔާސަތު ބެލެހެއްޓެވީ ޕްރިންސިޕަލެވެ. އެޖެންޑާގެ ފުރަތަމަ ނަމްބަރެއްގެ ގޮތުގައި އޮތީ، ކެޕްޓަނުންނާއި ޑެޕިއުޓީ ކެޕްޓަނުންނަށް އިޤްރާރު ލައިދީ، އިޤްރާރުގައި ސޮއިކޮށް ސޭޝްޝާއި ޓެގް ހަވާލުކުރުމެވެ. ކެޕްޓަނުން ހުވާކޮށް ނިމުމުން، ރިޔާސަތާ އެ ދަރިވަރުން ހަވާލުވެ، ޖަލްސާގެ ބާކީ އޮތް ބައި ކުރިއަށް ގެންދިޔައީ އެ ދަރިވަރުންނެވެ. އޭގެ ފަހުން އެހެން ސްޓޫޑެންޓް ލީޑާސްއަށް ހޮވުނު ދަރިވަރުންގެ އިޤްރާރު ލައި ދިނުމަށްފަހު، އެ އިޤްރާރުގައި ސޮއިކޮށް ސޭޝްޝާއި ޓެގް ހަވާލުކުރިއެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، ސްކޫލްގެ ކެޕްޓަނުގެ ހިޠާބު އިއްވިއެވެ. އެ ހިޠާބުގައި ބުނީ، ސްޓޫޑެންޓް ލީޑާސް ޤަވާޢިދުގެ ބިލް އެ މަޖްލީހަށް ހުށަހަޅައި ބަހުސް ކުރާނާނެ ކަމަށާއި އަދި ލީޑާސް ކައުންސިލުގެ ޚިޔާލު ސްކޫލުގެ މެނޭޖްމަންޓަށް ހުށަހަޅާނަނެ ކަމަށެވެ.

" އެހެނީ މި ކައުންސިލް ގެ ގަވާއިދުގައި އިސްލާހު ކުރަން ހުރި ކަންތައްތައް އަޅުގަނޑު މެން އެންމެންގެ ޚިޔާލުތަކާއި އެކީ އިސްލާހު ކުރާނަން. ހަމައެހެންމެ އިތުރު ހަރަކާތް ތައް ކުރިޔައް ގެންގޮސް ހުރިހާ ކުދިން ޝާމިލް ކުރުވާ ގިނަ ކުޅިވަރު އަދި އަދަބީ މުބާރަތް ތައް ކުރިޔައް ގެންދެވޭތޯ މަސައްކަތް ކުރާނަން. މީގެ އިތުރުން އަޅުގަންޑުމެން ގެ ޒިންމާ އެއްގެ ގޮތުގައި ދެކިގެން އެސެންބްލީގެ ބައެއް ކަންތައްތަށް މިހާރަށްވުރެ ފުރިހަމައަށް ކުރިއަށް ގެންދާނަން" ރިޔާސަތުގައި އިން ސްކޫލްގެ ކެޕްޓަން ބުންޏެވެ.

550 އެއްހާ ދަރިވަރުން ކިޔަވަމުންދާ ޅ. އޭއީސީގެ ސާނަވީ ކެޕްޓަނަކަށް އިންތިޚާބް ވެފައިވަނީ ގްރޭޑް 10 ބީ ގެ ދަރިވަރު މަރްޔަމް ނިހާޝާއެވެ. މަތީ ސާނަވީ ކެޕްޓަނަކަށް އިންތިޚާބް ވެފައިވަނީ ގްރޭޑް 12 ބީ ގެ ދަރިވަރު މުޙައްމަދު ޞާއިމްއެވެ.

ސްޓޫޑެންޓް ލީޑާސް ކައުންސިލުގައި ހިމެނެނީ،
- ސާނަވީ އަދި މަތީ ސާނަވީގެ ކެޕްޓަނުން
- ޑެޕިއުޓީ ކެޕްޓަނުންނާއި ގޭމްސްކެޕްޓަނުން
- ހައުސްތަކުގެ ކެޕްޓަނުންނާއި ޑެޕިއުޓީ ކެޕްޓަނުން
- ކްލަބްތަކުގެ ޕްރެޒިޑެޓުންނާއި ވައިސް ޕްރެޒިޑެޓުން
- ސީނިއަރ ޕްރިފެންޓުންނާއި ޕްރިފެކްޓުން
- ޔުނީފޯމް ބޮޑީޒްގެ ރެޕްރެޒެންޓޭޓިވްސް
advertisment
ހިޔާލު