ވިލާ ހައި ސްކޫލުގެ ސްކޮލާޝިޕް އެ ސްކޫލުގެ 40 ދަރިވަރުންނަށް ލިބިއްޖެއެވެ. ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ގްރޭޑް 11ގައި ކިޔަވާ ދަރިވަރުންނަށް ދެ ވައްތަރެއްގެ ސްކޮލަރޝިޕް ދެއެވެ. އެއީ އޯލެވެލްގެ ނަތީޖާއަށް ބަލައި ދޭ، ބްރިލިއަންޓް ސްޓޫޑެންޓްސް ސްކޮލާޝިޕާއި ކުޅިވަރާއި އިތުރު ހަރަކާތްތަކަށް ޚާއްޞަކޮށް ދޭ ސްޕޯޓްސް އެންޑް ކޯ ކަރިކިއުލާ ސްކޮލާޝިޕެވެ.

މި ފަހަރު، ބްރިލިއަންޓް ސްޓޫޑެންޓްސް ސްކޮލާޝިޕް 33 ދަރިވަރަކަށް، ސްޕޯޓްސް އެންޑް ކޯ ކަރިކިއުލާ ސްކޮލާޝިޕް ހަތް ދަރިވަރަކަށް ލިބުނެއެވެ.
640 ދަރިވަރުން މި އަހަރު ވިލާ ހައި ސްކޫލުގެ ގުރޭޑް 11 ގައި ކިޔަވަމުންދާއިރު މިއީ މި އެވޯޑް އެންމެ ގިނަ ދަރިވަރުންނަށް ލިބުނު ފަހަރެވެ.
ކޮންމެ އަހަރަކުވެސް ވިލާ ހައި ސްކޫލުން ދޭ އެވޯޑް ތަކަށް އެ ސްކޫލުން މިލިއަނެއްހާ ރުފިޔާ ހޭދަކުރެއެވެ.
advertisment
ހިޔާލު