ފުރަތަމަ ޓާމުގެ އިމްތިޙާން ސްކޫލުތަކުގައި އިއްޔެ ފަށައިފިއެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން ގުރޭޑް ދިހައެއް ފިޔަވައި، ގުރޭޑް 7ން 12ގެ ދަރިވަރުންނަށް ޓެސްޓް ކުރިއަށް ދާނެއެވެ. ފުރަތަމަ ޓާމުގެ ޓެސްޓް ނިމޭނީ މި މަހު 14ގައެވެ. ފުރަތަމަ ޓާމުގެ ޗުއްޓީ ފެށޭނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގައި، ހައެއް އޮގަސްޓުން 21 ޑިސެމްބަރަކަށް، 93 ދުވަހު ކިޔަވައިދޭނެއެވެ. ދެވަނަ ޓާމުގައި 108 ދުވަހު ކިޔަވައި ދޭނީ އަންނަ އަހަރު، ޖެނުއަރީ ހަތަކުން 12 ޖޫން އަށެވެ.
advertisment
ހިޔާލު