މުއައްސަސާތަކުގެ މެދުގައި ޝާމިލު ސަޤާފަތެއް ޤާއިމް ކުރުމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ގޮވާލައްވައިފިއެވެ.
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖުގައި ވަޒީރު ވިދާޅުވީ، ކާމިޔާބު މުސްތަޤުބަލެއް ހުރިހާ ދަރިވަރުންނަށް ހޯދައި ދިނުމަށްޓަކައި އިންސާނުންގެ މެދުގައިވާ ސިންދަފާތުތަކަށް އިޙްތިރާމްކޮށް، ޖަމާއަތުގެ ބައިވެރިވުމާއެކު ދެމެހެއްޓެނެނިވި ތަރައްޤީއެއް ހޯދައި ދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އަދި ވަޒީރުގެ މެސެޖުގައި ވިދާޅުވީ " ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވީހާވެސް ފަހި ފުރުޞަތުތަކެއް ހޯދާ ދިނުމަށްޓަކައި ރަށުފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ސިޓީތަކުގެ އެންމެހައި މުއައްސަސާއެއްގައި ޝާމިލު ސަޤާފަތެއް ޤާއިމް ކުރަމާތޯ؟ " އެވެ.
ޑިސެންބަރު މަހުގެ 3 ވަނަ ދުވަސް، ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައެވެ.
މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ.
އަމީނިއްޔާގައި ކިޔަވާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ" ފަންނު ވެރި މަންސަ"
advertisment
ހިޔާލު