ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވާރުންނަށް ސެޓްފިކެޓާއި ސޭޝް ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަރު އެ ސްކޫލުގެ ސްކޫލު ކެޕްޓަނަކީ ގްރޭޑު 10ގެ ދަރިވަރު ޔޫސުފް ޔުކީން ނަސްރުﷲ ޢަލީއެވެ. ޑެޕިއުޓީ ކެޕްޓަނުންނަށް ހޮވުނީ ގްރޭޑު 10ގެ ދަރިވަރު ރައްޔާން މުޙައްމަދު ތަސްލީމްއާއި ގްރޭޑު 10ގެ ދަރިވަރު ޙައްވާ މަލީހާ ޒުހައިރެވެ.

މި އަހަރު މި ސުކޫލުގެ އިސްވާރުންގެ ގޮތުގައި 17 ދަރިވަރަކު ހޮވާފައިވެއެވެ. އަދި ކުލަބު ތަކާއި ހައުސްތަކުގެ އެކިއެކި މަޤާމުތަކަށް 20 ދަރިވަރަކުވަނީ ހޮވިފައިވެއެވެ. 85 ދަރިވަރުން ޕްރިފެކްޓަކަށް ހޮވިފައިވެއެވެ.

މި ރަސްމިއްޔާތުގައި 122 ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން ބައިވެރިވިއެވެ. މި ރަސްމިޔާތު ޝަރަފުވެރި ކޮށްދެއްވީ ވިލާކޮލެޖުގެ ފެކަލްޓީއޮފް އެޑިއުކޭޝަންގެ ޑީން އަލްފާޟިލާ ފާތުމަތު ސަޢީދެވެ. މި ރަސްމިއްޔާތުގައި ޚާއްޞަ މެހެމާނުންގެ ގޮތުގައި އެކިއެކި މުވައްސަސާތަކުގެ ވެރިންނާއި ޕްރިންސިޕަލުން ބައިވެރިވިއެވެ.
advertisment
ހިޔާލު