ފާއިތުވި 2021-2022 ވަނަ އަހަރުގެ އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަވާން ޝައުކަތު ހޮވައިފިއެވެ.
އަވާން ވަނީ، ފާއިތުވި 2021-2022 ވަނަ އަހަރު ސާނަވީ އިމްތިޙާނުން ދެ މާއްދާއިން އޭ އަދި ހަ މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ. އަދި އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދާ ބްރިލިއަންސް އެވޯޑް ހޯދާފައިވެއެވެ. އަދި ދިވެހިން އޭ ސޓަރ ހޯދި ހަމައެކަނި ފޭދޫ ސްކޫލުގެ ދަރިވަރަކީ ވެސް އަވާންއެވެ. އޭނާއަކީ ކިޔެވުމަށް އެންމެ މޮޅު ކެޑޭޓް ވެސް މެއެވެ.
ޕްރިފެކްޓްކަމާއި ސީނިއަރ ޕްރިފެކްޓްކަމާއި ޖޫނިއަރ ޑެޕިއުޓީ ކެޕްޓަންކަމާއި ޔެލޯ ހައުސް ވައިސް ކެޕްޓަންކަމުގެ އިތުރަށް ޑެޕިއުޓީ ސްޕޯޓްސް ކެޕްޓަންކަން އަވާން އަދާކޮށްފައި ވެއެވެ. އަދި 2019 ވަނަ އަހަރު ބޭއްވި އިންޓަރ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތުން، ސޯޅަ އަހަރުން ދަށުގެ ބައިންނާއި މުޅި މުބާރާތުން އެއް ވަނަ ވެސް އަވާން ހޯދާފައިވެއެވެ.
އަވާން ބުނީ، އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދަން އަޒުމް ކަނޑައެޅީ، ގުރޭޑް ހަތަރެއްގައި އުޅުނުއިރު، އެންމެ ފުރަތަމަ ފަހަރަށް ބައިވެރިވި އިނާމް ދިނުމުގެ ޖަލްސާގައި ކަމަށެވެ.
" އެދުވަހު ބެސްޓް އޯލްރައުންޑް ލިބުނު ދަރިވަރު ސްޓޭޖަށް އަރައިގެން ދިޔައިރު އަޅުގަނޑުގެ ގައިން ހީބިހިނަގައިގެން ދިޔަ. އެ ވަގުތު ޢަޒުމް ކަނޑައެޅީ އަޅުގަނޑު ވެސް އެ މަޤާމް ބޭނުމޭ. އެ ޝަރަފު ބޭނުމޭ" އަވާން ބުންޏެވެ.
އެއް ވަނަ އަވާން އަށް ލިބުނުއިރު، ގަދަ ތިނެއްގައި ދެން ހިމެނުނީ، ހުސައިން އަނޫފުއާއި ފާތިމަތު ހަޝްމާ ހަނީފުއެވެ.
އަނޫފު ވަނީ ދެ މާއްދާއިން އޭ ހަ މާއްދާއިން އޭ ސްޓަރ ހޯދާ ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ. ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންކަން ކުރި ހަސްމާ ވަނީ 2019 ވަނަ އަހަރު އޯލެވެލްގެ އިނގިރޭސި މާއްދާގައި ބައިވެރިވެ އޭ ސްޓަރ، އަދި 2021-2022 ވަނަ އަހަރު ސާނަވި އިމްތިޙާނުން ހަ މާއްދާއިން އޭ ސްޓަރ، އެއް މާއްދާއިން އޭ އެއް، އަދި އެއް މާއްދާއިން ބީ އެއް ހޯދާފައެވެ.
advertisment
ހިޔާލު