ވިލާ ކޮލެޖްގެ ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް އަންނަ އަހަރު ޖޫންގައި

ވިލާ ކޮލެޖުން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރުއައި 2024) ކޮންފަރެންސް އަންނަ އަހަރުގެ ޖޫން މަހުގެ 8ން 9އަށް ބާއްވާގޮތަށް ނިންމައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސް ޝިއާރަކީ "އިނޮވޭޝަންސް ފޯ ސަސްޓެއިނަބިލިޓީ: ފޯޖިން ދަ ޕާތު އެހެޑް" އެވެ.

އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން (އައިއާރުއައި) އިން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކާއި ވަސީލަތްތައް ބެލެހެއްޓުމާއި އިޖުތިމާއީ ހަމަހަމަކަމާއި ޒިންމާދާރު ޓެކްނޮލޮޖީ އެޑޮޕްޓް ކުރުމުގެ މައްޗަށް އަލިއަޅުވާލައި ތައުލީމީ ދާއިރާތަކާއި ސިނާއަތްތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭ ގޮތަށް އެކި ދާއިރާތަކުގެ މި ކޮންފަރެންސްގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިސީއެސްއާރުއައި 2024 ގެ ކީނޯޓް ސްޕީކަރުން ބައިވެރިންނަށް ނޮލެޖް އެކްސްޗޭންޖް ކުރުމާއި ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ފަހިކޮށްދެއެވެ. މި ކޮންފަރެންސްގައި ލޯކަލް އަދި ބައިނަލްއަގްވާމީ ތަޖުރިބާކާރުން އިސްނަގައިގެން ޕެނަލް ޑިސްކަޝަންތައް ވެސް ހިމެނެ އެވެ.

އައިއާރުއައިގެ ޑެޕިއުޓީ ޑީން ޑރ ފަޒީލާ އިބްރާހިމް ވިދާޅުވީ، މި ކޮންފަރެންސަށް ސައިންސްވެރިންނަށް ފިޒިކަލީ ނުވަތަ އޮންލައިންކޮށް ކަރުދާސް ހުށަހެޅޭނެ ކަމަށާއި ރަޖިސްޓްރީކޮށްފައިވާ ބައިވެރިންނަށް ކޮންމެ ވެސް މޯޑެއްގައި ބައިވެރިވެވޭނެ ކަމަށާއި މި ހުރިހާ ހަރަކާތެއް ވެސް ފޭސްބުކް މެދުވެރިކޮށް ލައިވް ކުރާއިރު، ހޮވޭ އިވެންޓްތައް ވެސް ކޮންފަރެންސްގެ ބްރޯޑްކާސްޓިން ޕާޓްނަރު މެދުވެރިކޮށް ޓީވީން ބްރޯޑްކާސްޓް ކުރާނެ ކަމަށެވެ. މި ކޮންފަރެންސްގައި ހުށަހެޅުންތަކުން އެންމެ މޮޅު ކަރުދާސް ބަލައިގަންނާނެ ކަމަށާއި ހޮވޭ އެންމެ މޮޅު ކަރުދާސް ޕްރެޒެންޓޭޝަންތަކުގެ ތެރެއިން އެންމެ މޮޅު ޕްރެޒެންޓޭޝަންތަކަށް ހަ ޕްރެޒެންޓޭޝަނެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް ފަޒީލާ ވިދާޅުވިއެވެ.

ވިލާ ކޮލެޖްގެ ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ބާއްވާ މިއީ އަށް ވަނަ އަހަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *