ޣައްޒާ ފަންޑަށް، ހއ. އަތޮޅު މަދަރުސާއިން 72000 ރުފިޔާގެ އެހީއެއް

ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ހއ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާއިން ކުރިއަށް ގެންދިޔަ ފަންޑްރައިޒިންގ ހަރަކާތްތަކުން 72،807 ރުފިޔާ ހޯދައިފިއެވެ.

ޣައްޒާއަށް އެހީވުމަށް ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. އާންމުކޮށް ހުޅުވާލައިން ދަރިވަރުންނާއި ބެލެނިވެރިން ބެހެއްޓި ފަންޑު ފޮއްޓަށް 26،655 ރުފިޔާ ލިބުނެވެ. އެ ސްކޫލުގެ ސްޓާފް ފަންޑްރައިޒިންގ ހަރަކާތުން 23،492 ރުފިޔާ ލިބުނެއެވެ. އަދި ސްކޫލްގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައަށްވާ 22،660 ރުފިޔާ ވެސް މި ހަރަކާތުގެ ތެރެއިން ޣައްޒާ ފަންޑަށް ހަދިޔާކޮށްފައިވެއެވެ.

ހއ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހުސައިން ނައީމް ވިދާޅުވީ ޣައްޒާ ފަންޑަށް އެހީވާން ހިންގި ހަރަކާތުގައި އެ ސްކޫލުގެ ސްޓާފު ކުލަބުގެ އިސްނެގުމާއި ކުރި މަސައްކަތް ފާހަގަކުރެއްވޭ ކަމަށެވެ. އަދި ސުޓާފު ކުލަބުން ހިންގި ކެންޓީނުގައި ވިއްކި ތަކެއްޗަކީ ވެސް މުވައްޒަފުން އަމިއްލައަށް ގޭގައި ތައްޔާރުކުރި ތަކެތިކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

" ބެލެނިވެރިންނާއި ދަރިވަރުން، ސްޓާފުންގެ އެކުވެރިކަން މި ހަރަކާތުން ވެސް ފެނުނީ"

ޔަހޫދީން ޣައްޒާއަށް ދެމުން ދިޔަ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުދިން މަރުވެފައިވާއިރު، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ޣައްޒާއަށް އެހީވުމުގެ މިފަދަ ހަރަކާތްތަކެއް ކުރިއަށް އެބަ ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *