ތަޢުލީމީ ފަންޑުން ދިހަ ސްކޫލަކަށް ބޭންޑް ސާމާނު ހަދިޔާކުރަން ނިންމާފައިވާއިރު، އޭގެ ތެރެއިން ހަތަރު ސްކޫލަކަށް ބޭންޑް ސާމާނު މިއަދު ހަދިޔާކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބޭންޑް ސާމާނު ހަވާލުކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

މިއަދު ހަވާލު ކުރީ މާލޭގެ ސްކޫލްތަކުގެ ތެރެއިން ބޭންޑް ސާމާނު ދޭން ނިންމާފައިވާ ހަތަރު ސްކޫލަށެވެ. އެއީ ދަރުމަވަންތަ ސްކޫލާއި ޢިއްޒުއްދީން ސްކޫލާއި، ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގެ އިތުރުން މުޙައްމަދު ޤާސިމް ޕްރީސްކޫލެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އަތޮޅުތެރޭގެ ހަ ސްކޫލަކަށް ވެސް ބޭންޑް ސާމާނު ފޯރުކޮށްދޭނެ ކަމަށެވެ. އެކަމަކު ބޭންޑް ސާމާނު ފޯރުކޮށްދޭ އަތޮޅުތެރޭގެ ސްކޫލްތަކުގެ ނަމެއް އެ މިނިސްޓްރީން ބުނެފައެއް ނުވެއެވެ.
advertisment
ހިޔާލު