ފެބުރުއަރީގައި ފަށާ ގިނަ ކޯސްތަކަކަށް ކުރިމަތިލާން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ހުޅުވާލައިފިއެވެ.
ފެބުރުއަރީގައި ފަށަން 89 ކޯހެއް އިއުލާންކޮށްފައިވެއެވެ. 12 ދާއިރާއަކުން އިއުލާން ކުރި ކޯސްތަކުގެ ތެރޭގައި ގިނައީ ސިއްޙީ ދާއިރާއާއި ތައުލީމީދާއިރާއާ ގުޅޭ ކޯސްތަކެވެ. އެންމެ ގިނައީ ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ބެޗްލާސް ޑިގްރީ ފެންވަރުގެ ކޯސްތަކެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، ޖެނުއަރީ 25 ވަނަ ދުވަހުގެ 14:00އާ ހަމައަށް ކޯސްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. ކޯސްތަކަށް ވަންނަ އެދި ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.
ފެބުރުއަރީގައި ފަށަން އިއުލާން ކޮށްފައިވާ ކޯސްތަކުގެ ދާޢިރާތައް:
- ސިއްޙީދާއިރާގެ، 13 ކޯހެއް
- ޓެކްނޮލޮޖީ ދާއިރާގެ، 3 ކޯހެއް
- ތަޢުލީމީ ދާއިރާ، 12 ކޯހެއް
- އިމާރާތް ކުރުމުގެ ދާއިރާ، 7 ކޯހެއް
- ސައިންސްއާ ގުޅުން ހުރި ދާއިރާ، 7 ކޯހެއް
- ވިޔަފާރީގެ ދާއިރާ، 10 ކޯހެއް
- ގާނޫނީ ދާއިރާ، 7 ކޯހެއް
- ފަތުރުވެރިކަމުގެ ދާއިރާ 9 ކޯހެއް
- ބަހާއި ފަންނުގެ ދާއިރާ، 12 ކޯހެއް
- މެރިޓައިމް ދާއިރާ، 2 ކޯހެއް
- އިންޓަރނޭޝަނަލް ރިލޭޝަންސް، ޖަރނަނިޒަމް، ޕޮލިޓިކްސް، 3 ކޯހެއް
- ފައުންޑޭޝަން، 4 ކޯހެއް
އިއުލާން ކުރި ކޯސްތަކުގެ ލެވެލްތައް
* މާސްޓަރސް ފެންވަރުގެ 12 ކޯހެއް
* ބެޗްލަރސް ޑިގްރީ ފެންވަރުގެ 37 ކޯހެއް
* ސެޓްފިކެޓް ލެވެލްގެ 25 ކޯހެއް
* ޑިޕްލޮމާ ފެންވަރުގެ 10 ކޯހެއް
* ޕޯސްޓް ގްރެޖުއޭޓް ފެންވަރުގެ 1 ކޯސް
* ފައުންޑޭޝަން ސްޓޭޖްގެ 4 ކޯސް
advertisment
ހިޔާލު