10ގެ ދަރިވަރުންގެ ދެވަނަ ޓާމުގެ ޓެސްޓް 25 ފެބުރުއަރީ އާއި މާޗު 14 އާ ދެމެދު ބާއްވަން އަންގައިފި

ގްރޭޑް 10ގެ ކުދިންގެ ދެވަނަ ޓާމް ޓެސްޓް އަންނަ އަހަރުގެ ފެބްރުއަރީ 25 އާއި މާޗު 14 އާ ދެމެދު ބާއްވަން ނިންމައި އެކަން ސްކޫލްތަކަށް، ސަރކިއުލާއަކުން އަންގައިފިއެވެ.

ތަޢުލީމީ ވުޒާރާގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް އާސިފު ރަޝީދު ސޮއިކުރައްވައި ސްކޫލްތަކަށް އިއްޔެ ފޮނުއްވި ސާކިއުލަރގައި ބުނެފއިވާ ގޮތުން އެ ބަދަލު ގެނައީ ރޯދައިގެ ކުރިން، ދެވަނަ ޓާމުގެ ޓެސްޓް ބާއްވަން ސްކޫލްތަކުން އެދެމުން ދާތީއެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަމަސް ފެށޭނީ މާރޗް 10ގައެވެ. ރޯދައިގެ ކުރިން އިމްތިޙާނު ބާއްވާނަމަ ބަންދު ދުވަސްތައް ނުލައި ލިބޭނީ 14 ދުވަހެއެވެ.

ރޯދަމަހުގެ ފަހު ދިހައެއްގައި ކިޔެވުމެއް ނޯންނާނެ ކަމަށް ރައީސްގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އެކަމަކު އަދި އެކަން ރަސްމީކޮށް އިއުލާންކޮށް، ސްކޫލްތަކަށް އަންގާފައެއް ނުވެއެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު މިހާރު އޯލެވެލް އިމްތިޙާނު އޮންނާނީ މެއި/ޖޫންގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *