ސްކޫލް ލައިބްރަރީތަކުގައި ހުރި އިސްލާމްދީނާއި، ދިވެހިންގެ އާދަކާދައާ ފުށުއަރާފަދަ ފޮތްތައް ނަގަން އަންގަވައިފި

ސްކޫލްތަކުގެ ލައިބްރަރީތަކުގައި ހުރި އިސްލާމްދީނާއި، ދިވެހިންގެ އާދަކާދައާ ފުށުއަރާފަދަ ފޮތްތައް ނަގަން އެޑިޔުކޭޝަން މިނިސްޓަރު އަންގަވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސޮއިކުރައްވައި ހުރިހާ ސްކޫލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ސްކޫލުތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ފޮތް އަދި އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާ ފުށުއަރާފަދަ ބައެއް ތަކެތި ހުރިކަން ވަނީ ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެ ސާކިއުލާގައި ބުނެފައި ވަނީ، ސްކޫލުތަކުގެ ލައިބްރަރީތަކުގައި މިހާރު ބޭނުން ކުރަމުން އންނަ ފޮތް އަދި އެހެނިހެން ވަސީލަތްތަކަކީ އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާ ފުށުނާރާ ތަކެތިކަން ކަށަވަރު ކުރުމަށެވެ.

" އަމިއްލަ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން ސްކޫލުތަކަށް ހަދިޔާކުރާ ފޮތް ފަދަ ތަކެތި ލައިބްރަރީގައި ބޭނުން ކުރުމުގެ ކުރިން އެފަދަ ތަކެއްޗަކީ ދަރިވަރުން ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަން ކަށަވަރު ކުރުމަށާއި ސްކޫލްގެ ލައިބްރަރީގައި، އިސްލާމްދީނާއި، ދިވެހިންގެ ސަޤާފަތާއި، އާދަކާދަތަކާ ފުށުއަރާފަދަ އެއްވެސް ފޮތެއް ނުވަތަ އެފަދަ އެއްވެސް އެއްޗެއް ހުރިނަމަ، މި މިނިސްޓްރީއާ ގުޅިގެން އެފަދަ ތަކެތި ނައްތާލުމުގެ އިންތިޒާމު ކުރިއަށް ގެންދެވުމަށް ދަންނަވާ ކަމަށް އެ ސަރކިއުލާގައި މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *