ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މިއަދު މަގާމުގެ ހުވާކުރައްވާފައިވާއިރު، އެމަނިކުފާނުގެ ކެނިބެޓްގެ އެޑިއުކޭޝަން މިނިސްޓަރުގެ މަޤާމަށް ޑރ. އިސްމާއިލް ޝަފީއު، އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަގާމަށް ޑރ. މަރިޔަމް މާރިޔާ އައްޔަން ކުރައްވައިފިއެވެ.
ޑރ. އިސްމާއިލް އެންމެ ފަހުން ހުންނެވީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ މަގާމުގައެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭގެ ކުރިން އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބްކަން ކުރެއްވިއެވެ.
ޑރ. ޝަފީޢު ބެޗްލާސް އޮފް ޓީޗިންގ ހެއްދެވީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ. މާސްޓަރސް ހެއްދެވީ އެޑިޔުކޭޝަން މެނޭޖްމަންޓްގެ ދާއިރާއިން މެލޭޝިޔާގެ މަލާޔާ ޔުނިވަރސިޓީންނެވެ. ޕީއެޗްޑީ ހެއްދެވީ އިނގިރޭސި ވިލާތުގެ ދުރުހަމް ޔުނިވަރސިޓީންނެވެ.
ޑރ. ޝަފީޢު ވަނީ މޭނާގެ ސްކޫލުގެ ޕްރިންސިޕަލެއްގެ އިތުރުން ޏ. އޭއީސީގައި ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ޑރ. މާރިޔާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ނިއުޒިލެންޑްގެ ޔުނިވަރސިޓީ އޮފް ވައިކާޓޯގެ ސެންޓަރ ފޯރ ޓާޝިއަރީ ޓީޗިންގ އެންޑް ލާނިންގެ ރިސާރޗް އެސޯސިއޭޓްގެ މަގާމުގައެވެ.
ޑރ. މާރިޔާ ޕީއެޗްޑީ ހެއްދެވީ އެޕްލައިޑް ލިންގުއިސްޓިކްއިން ނިއުޒިލެންޑްގެ މާސޭ ޔުނިވަރސިޓީންނެވެ.
advertisment
ހިޔާލު