ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ހަ ބޭފުޅަކަށް

ޕްރިންސިޕަލުން ތަމްރީނު ކުރަން ހުޅުވާލި ދިހަ ސްކޮލަރޝިޕަށް 30 ބޭފުޅުން ކުރިމަތިލެއްވިއިރު 17 ބޭފުޅުން ޝަރުޠު ހަމައެއް ނުވޭ.

ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕްގެ ދެ ވަނަ ބުރުގައި ސްކޮލަރޝިޕްގެ ފުރުޞަތު ލިބުނު ޕްރިންސިޕަލުންނަށް ލިޔުން ހަވާލުކުރައްވައިފިއެވެ. ސްކޮލަރޝިޕް ލިބުނު ޕްރިންސިޕަލުންނަށް ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ.

ދެ ވަނަ ބުރުގައި ހުޅުވާލީ ސްކޮލަރޝިޕްގެ 10 ފުރުޞަތެވެ. ކުރިމަތިލެއްވީ 30 ބޭޅުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އާންމުކުރި މައުލޫމާތު ތަކަށް ބަލާއިރު ކުރިމަތިލެއްވި 30 ބޭފުޅުންގެ ތެރެއިން 17 ބޭފުޅަކު ޝަރުޠު ހަމައެއް ނުވެއެވެ. ފަސް ބޭފުޅަކު އިންޓަވިއުއަށް ހާޒިރުވެ ވަޑައިނުގަންނަވާއިރު، ޖުމްލަ މާކްސް 70 އިންސައްތަ ދެ ބޭފުޅަކަށް ލިބިވަޑައިނުގަންނަވައެވެ. ސްކޮލަރޝިޕަށް ހޮވެނީ 70 އިންސަތައްއަށްވުރެ މަތިން މާކްސް ލިބިގެންނެވެ.

ބާކީ އޮތް ހަތަރު ސްކޮލަރޝިޕަށް ހުޅުވާލި ފުރުޞަތު ހަމަވީ މި މަހުގެ އަށް ވަނަ ދުވަހުއެވެ.

ޔުނިވަރސިޓީ އޮފް މަލާޔާއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާ ގައި ކުރިއަށް މި ޕްރޮގްރާމުގެ ފުރަތަމަ ބެޗްގައި 17 ޕްރިންސިޕަލަކު ވަނީ މާސްޓާރސް ފެންވަރަށް ތައުލީމް ހާސިލުކޮށް، ސްކޫލްތައް ހިންގުމަށް ހަވާލުވެފައެވެ.

ކިޔެވުމުގެ ޚަރަދާއި މުސާރައާ އެއްވަރުގެ އެލަވަންސެއް މިސްކޮލަރޝިޕްގެ ދަށުން ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *