ޓެކްނިކަލް އިންސްޓިޓިއުޓްތަކުގައި ހިންގާ ވޮކޭޝަނަލް ކޯސްތަކުގައި ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކުރަނީ

ޓެކްނިކަލް އިންސްޓިޓިއުޓްތަކުގައި ހިންގާ ވޮކޭޝަނަލް ކޯސްތަކުގައި ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކުރަން ނިންމައި އެކަމާ ގުޅުން ހުރި އެއްބަސްވުމެއްގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީން ސޮއިކޮށްފިއެވެ.

އިއްޔެ ސޮއިކުރި އެއްބަސްވުމުގައި ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑރ. އިބްރާހިމް ހަސަނެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

ހަޔަރ އެޑިޔުކޭޝަނުން ރާޢްޖޭގެ އެކި ސަރަޙައްދު ތަކުގައި ޤާއިމް ކުރާ ޓެކްނިކަލް އިންސްޓިޓިއުޓްތަކުން ހިންގާ ކޯސްތަކުގައި " ބްރިޖްންގ އެކްސެލެންސް، ސްކޫލް ސްޓޫޑެންޓްސް ޓިވެޓް ޕްރޮގްރާމް"ގެ ދަށުން، ސްކޫލްތަކުގެ ގުރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ސެޓްފިކެޓް ލެވެލް 3 އަދި 4ގެ ކޯސްތަކުގައި ބައިވެރިވެވޭނެއެވެ.

އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް ދިހަ ކޯހެއް ހިންގަން އަންނަނީ ތައްޔާރު ވަމުންނެވެ. އެއީ:

  • ނެޝަނަލް ސެޓިފިކެޓް 3 އިން ފައިބަރގްލާސް ބޯޓް ބިލްޑިންގ
  • ނެޝަނަލް ސެޓިފިކެޓް 3 އިން ޕްރޮގްރާމިންގ
  • ނެޝަނަލް ސެޓިފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ
  • ނެޝަނަލް ސެޓިފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ
  • އެޑްވާންސް ސެޓިފިކެޓް އިން ޕްރޮގްރާމިންގ
  • ޑިޕްލޮމާއިން ޕްރޮގްރާމިންގ
  • ޑިޕްލޮމާއިން ނެޓްވޯކިންގ

މި ކޯސްތަކުގައި ކިޔަވައިދެނީ ހިލެއެވެ. މި އިންސްޓިޓިއުޓް ތަކުގައި ހިންގާ ހުރިހާ ކޯސްތަކެއްގައި ވެސް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން " ޓްރާންސިޝަން 360″ ޓިވެޓް ސްޓޫޑެންޓް އިންކިއުބޭޝަން ޕްރޮގްރާމެއް ކުރިޔަށް ގެންދާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޓިވެޓް އިންސްޓިޓިއުޓްތައް ޤާއިމް ކުރަމުން ގެންދަނީ ނ. ވެލިދޫއާއި ކ. ތުލުސްދޫއާއި ނ. ކެނދިކުޅުދޫގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *