ލ. ގަމުގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހަށް މެނޭޖަރަކު ހޯދަން އިއުލާން ކޮށްފިއެވެ.
ހަތަރު އަހަރުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން މި މަގާމަށް މީހަކު ހޯދަން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވާ ޝަރުޠު ތަކަކީ ހަޔަރ އެޑިއުކޭޝަން، އެޑިއުކޭޝަން، މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 9 8 ނުވަތަ 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ.
މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަސާސީ މުސާރައެއްގެ ގޮތުގައި 17،896ރުފިޔާއާއި އެލަވަންސްގެ ގޮތުގައި 8،351 ރުފިޔާއެވެ. އަދި ހަޒިރީ އިނާޔަތުގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 226 ރުފިޔާ ލިބެއެވެ. އިތުރު އިނާޔަތެއްގެ ގޮތުގައި ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމާއި އިތުރުގަޑީގެ ފައިސާއާއި ސްޓާރފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތަކާއި ސްޓާފް ޖިމް ފެސިލިޓީއާއި
ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތަކުގެ އިތުރުން ލައިބްރަރީ މެމްބަޝިޕްގެ ޚިދުމަތް ލިބެއެވެ.
މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި
އެސެސްމެންޓް އަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެސެސްމަންޓް އިން އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރާނެ ކަމަށް ބުނެފައިވެއެވެ.
މި މަގާމަށް ޝަޢުޤުވެރިވާ ފަރާތަކުން ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ 23 ނޮވެމްބަރު 2023 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިންކޮށެވެ.
advertisment
ހިޔާލު