ޔުނެސްކޯގެ ޔަންގ ޕްރޮފެޝަނަލް ޕްރޮގްރާމުގައި ބައިވެރިވާނެ ޒުވާނުން ހޯދަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާން ކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ މި އަހަރުގެ ނިޔަލަށް 32 އަހަރު ފުރިފައި ނުވާ ޒުވާނުންނަށެވެ.
އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަކީ އެޑިޔުކޭޝަން، ނެޗްރަލް ސައިންސަސް، ސޯޝަލް އެންޑް ހިޔުމަން ސައިންސަސް، އިންޓަރނޭޝަނަލް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، ބިޒިނަސް އެޑްމިނިސްޓްރޭޝަން، ސައިކޮލޮޖީ، ލޯ، އޯޑިޓް، ފައިނޭންސް، އެކައުންޓިންގ، މީޑިއާ، ޖާރނަލިޒަމް، ޕަބްލިކް އިންފޮރމޭޝަން، ކަލްޗަރަލް ޕޮލިސީސް އެންޑް ޑިވެލޮޕްމަންޓް، އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް ޕޮލިޓިކަލް ސައިންސަސް ގެ ދާއިރާއިން އެޑްވާންސް ޔުނިވަރސިޓީ ޑިގްރީ (މާސްޓަރސް ނުވަތަ އެފެންވަރުގެ) ސެޓްފިކެޓެއް ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
މި ޕްރޮގްރާމަށް ނަންހުށަހަޅާފަރާތްތަކުން އޮންލައިން އެޕްލިކޭޝަން ހުށަހަޅަން ފުރުޞަތު ދޭނެ ކަމަށާއި، ހުށަހަޅާ އެޕްލިކޭޝަންތައް ރިވިއުކޮށް، އެސެސްކުރުމަށްފަހު ޝޯރޓްލިޓްކުރެވޭ ކެންޑިޑޭޓުންނަށް އިންޓަރވިއު ޕެނަލް އަކުން އިންޓަރވިއު ކުރާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، މި ޕްރޮގްރާމަށް ޝަރުތު ފުރިހަމަވެގެން ހޮވޭފަރާތްތައް، ރެގިއުލަރ ފިކްސްޑް-ޓާރމް ކޮންޓްރެކްޓް އަކަށް ހަމަޖައްސާނީ ޔުނެސްކޯ ސްޓާފް މެންބަރުންގެ ގޮތުގައިއެވެ. މިގޮތުން ހޮވޭ މަގާމްތަކުގައި މަސައްކަތްކުރާނީ ޕެރިހުގައި ހުންނަ ޔުނެސްކޯ ހެޑްކުއާޓަރސް ގައި ނުވަތަ ދުނިޔޭގެ އެހެންވެސް ގައުމެއްގައި ހުންނަ ޔުނެސްކޯ ސްޓަފެއްގެ ގޮތުގައި ފީލްޑް އޮފީހެއްގައެވެ. އަދި މި ކެންޑިޑޭޓުންގެ ކޮންޓްރެކްޓް އާކުރުން ބިނާވެފައި އޮންނާނީ ފުރަތަމަ 9 މަހުގެ ޕްރޮބޭޝަނަރީ-ޕީރިއަޑް ގެ ޕަރފޯމަންސް އިވެލުއޭޝަން ގެ މައްޗަށެވެ.
ފުރަތަމަ 12 މަސް ދުވަހުގެ ޚިދުމަތުގެ މުއްދަތުގައި މި ޒުވާން ޕްރޮފެޝަނަލުން، އެ ފަރާތްތަކަށް އެހީތެރިވެދޭނެ މެންޓަރ އަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެފަރާތްތަކުން ޝައުގުވެރިވާ ޔުނެސްކޯއާއި ގުޅޭ ތަފާތު ދާއިރާތަކުން ޓްރެއިންނިންގ ފުރުސަތުތައްވެސް ލިބިގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި ކަމަކީ ޒުވާނުންގެ ކުރިމަގު ބިނާކުރުމުގައި އެހީތެރިވެދޭނެ ރަނގަޅު ފުރުސަތެކެވެ. ވީމާ މި ފުރުސަތުގެ ބޭނުން ދިވެހި ޒުވާނުން ހިފުމަށް ޔުނެސްކޯ، ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަރާތުން އިލްތިމާސްކުރަމެވެ.
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ އީމެއިލް އެޑްރެސް: natcom@moe.gov.mv foreign@moe.gov.mv, އަށް އީ މެއިލް މެދުވެރިކޮށް 26 ނޮވެމެބަރ 2023 ގެ ކުރިން ހުށަހަޅަންޖެހެއެވެ.
advertisment
ހިޔާލު