ގަލޮޅު ސްކޫލުގެ ލޯގެއެއް ފަރުމާކޮށްގެން 5000 ރުފިޔާ ހޯދުމުގެ ފުރުޞަތު އެ ސްކޫލުގެ ބެލެނިވެރިންނަށް

ސާޅީސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ގަލޮޅު ސްކޫލުން ބެލެނިވެރިންނަށް އެ ސްކޫލުގެ ލޯގޯ ފަރުމާ ކުރުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ.

މި މުބާރާތަށް ހުށަހަޅާ ލޯގޯތައް އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެ ސްކޫލަށް ހުށަހަޅަންޖެހެއެވެ. މި މުބާރާތުން ހޮވާ އެންމެ މޮޅު ލޯގޯއަކަށް 5،000 ރުފިޔާގެ އިނާމެއް ދޭން އެ ސްކޫލުން ވަނީ ނިންމާފައެވެ.

ލޯގޯގައި ހިމަނާނެ ކަންތައްތައް ވެސް އެ ސްކޫލުން ވަނީ އާންމު ކޮށްފައެވެ. ޚިދުމަތުގެ ގޮތުގައި ސާޅީސް އަހަރު ( 1984- 2023 ) ހިމަނަންޖެހޭއިރު ކުލައެއް ކަމަށް ކަނޑައަޅާފައި ވަނީ މިހާރު ވެސް އެ ސްކޫލުގައި ބޭނުން ކުރާ ފެއްސާއި ހުދެއެވެ. އޭގެ އިތުރުން އިތުރު ކުލައެއް ހިމެނިދާނެ ކަމަށް އެ ސްކޫލުން ބުނެއެވެ. ފަރުމާ ކުރާ ލޯގޯ ހުށަހަޅަންޖެހެނީ A5ސައިޒަށެވެ. ދިވެހި ބަހުން ފަރުމާ ކުރަންޖެހޭ މި ލޯގޯގައި އެ ސްކޫލުގެ ލޯގޯވެސް ބޭނުން ކުރެވިދާނެ ކަމަށް ބުނެފައިވެއެވެ.

ލޯގޯ ހުށަހަޅާއިރު ސްފޮޓް އަދި ހާޑް ކޮޕީއާއެކު ހުށަހަޅާ ފަރާތުގެ ކޮޕީ ރައިޓްސް އޮތްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންޖެހެއެވެ.

ގުރޭޑް 10އާ ހަމައަށް ކުރިން ކިޔަވައިދިން ސްކޫލުގައި މިހާރު ކިޔަވަމުން ދަނީ ޕްރީ ސްކޫލް އުމުރު ފުރައިގެ ދަރިވަރުންނަށެވެ.

ގަލޮޅު ސްކޫލުގެ އަހަރީ ދުވަހަކީ މެއި މަހުގެ 10 ވަނަ ދުވަހެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *