ނަޞްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ދެ މުބާރާތުން އެއްވަނަ ހދ. އޭއީސީއަށް

ކުޅުދުއްފުށީ ކައުންސިލާއި ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން ކޮންމެ އަހަރަކުވެސް ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ސިޓީގެ ސްކޫތަކަށް ހުޅުވާލައިގެން މުބާރާތްތަކެއް ކުރިއަށް ގެންދެއެވެ. މި އަހަރު ގެންދިޔައީ ލަވައިން ތަމްސީލު މުބާރާތާއި ބަހުސް މުބާރާތެވެ.

ލަވައިން ތަމްސީލު ހުށަހެޅުމުގެ މުބާރާތުގެ ފައިނަލުގައި ވާދަކުރީ ހދ. އޭއީސީއާއި އަފީފުއްދީން ސްކޫލެވެ. މުބާރާތުން އެއްވަނަ  ހދ. އޭއީސީ ހޯދީ 285 ޕޮއިންޓް ހޯދައިގެންނެވެ. އަފީފުއްދީނަށް ލިބުނީ 213 ޕޮއިންޓެވެ.

ހދ. އޭއީސީން ހުށަހެޅި ލަވައިން ތަމްސީލުގައި ބޭނުން ކޮށްފައި ވަނި އަމިއްލަ ރާގެއެވެ. މި ލަވައިގެ ފިރިހެން ބައިވެރިޔަކީ މުޙައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. މި ތަމްސީލު ބިނާކޮށްފައި ވަނީ 3 ނޮވެމްބަރު 1988ގައި ރާއްޖެއަށް ކުރިމަތި އުދުވާނީ ހަލާއަށެވެ.

ބަހުސްSet featured image މުބާރާތުގެ ފައިނަލުގައި ހދ. އޭއީސީއާ ވާދަކުރީ ޖަލާލުއްދީން ސްކޫލެވެ. މުބާރުން އެއްވަނަ ހދ. އޭއީސީ ހޯދީ 1103 ޕޮއިންޓުންނެވެ. ޖަލާލުއްދީން ސްކޫލަށް ލިބުނީ 1045 ޕޮއިންޓެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރަން ކުޅުދުއްފުށީ ސިޓީގެ ސްކޫލްތަކުގެ މެދުގައި މުބާރަތްތަކެއް ބާއްވާތާ މިއީ ތިން ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ގިނަ ވަނަތައް ގެންގޮސްފައި ވަނީ ހދ. އޭއީސީންނެވެ.

ހދ. އޭއީސީގެ ޕްރިންސިޕަލް މުޙައްމަދު މަތީން ދަރިވަރު ނޫހަށް ވިދާޅުވީ ސިޓީކައުންސިލުގެ މުބާރާތަށް ކުރިއާލާ އެ ސްކޫލުން ތައްޔާރުވި ކަމަށެވެ. އެ މުބާރާތުގެ ކުރިން އެ ސްކޫލުގެ އިންޓަ ހައުސްތަކުގެ މެދުގައި މުބާރާތްތަކެއް ބާއްވައި އެ މުބާރާތުން އެންމެ މޮޅު ހަތް ކުދިން ނަސްރުގެ ދުވަހުގެ މުބާރާތްތަކަށް ތައްޔާރު ކުރުވި ކަމަށް މަތީން ވިދާޅުވިއެވެ.

ކޮންމެ އަހަރަކުވެސް ނަސްރުގެ ދުވަސް ކުޅުދުއްފުށީގައި ކުލަގަދަކޮށް ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *