އެއްފައިން ފުޓްބޯޅުމުން އެތައް ބައެއްގެ ތަޢުރީފު ލިބުނު ހދ. މަކުނުދޫ ސްކޫލުގައި ކިޔވަމުންދާ އަހުމަދު ޝަވަން މުހައްމަދު މި ފަހަރު ބައިވެރިވީ އެ ސްކޫލުގެ ސްޕޯޓްސް ފެސްޓިވަލުގެ އޮބްސްޓިކަލް ރޭހުގައެވެ.
ފައިޖަހައިގެން މިހާރު ހިނގަމުން އަންނަ ޝަވަން އޮބްސްޓިކަލް ރޭސް ނިންމީ ފައި ނައްޓާލައިގެންނެވެ.


" ރޭސް ކުރިއަށް ދަނިކޮށް، އެއްޗެއްގެ ތެރެއިން ދާން އުޅެނިކޮށް ފައި އަޅައިގަތީ. އޭރު އޭނާގެ ކައިރީގައި ހުރި މުދައްރިސުގެ އެހީގައި ފައިނައްޓާލީ. ފައިނައްޓާލާފައި އެއްފައިގައި ހުރެގެން ރޭސް ނިންމީ" މަކުނުދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ލުތުފީ ވިދާޅުވިއެވެ.
ލުތުފީ ވިދާޅުވީ ފައިޖަހައިގެން ޝަވަންއަށް މިހާރު ފަސޭހައިން ހިނގާލެވޭ ކަމަށާއި ދާދި ފަހުން އެ ފައިގެ ރިވިއުއެއްވެސް އިންޑިޔާއިން ހަދާފައިވާ ކަމަށެވެ.

އޮބްސްޓިކަލްސް ރޭހުގައި ޝަވަން ބައިވެރިވެ އެ ރޭސް ނިންމުމުގައި އެހެން ކުދިންނަށް އޭނާ ދުލެއް ނުކުރެއެވެ. އެއްފައިން ވެސް އޭނާ ދެއްކީ ކުޅިވަރުގައި ވެސް އޭނާގެ ހުނަރެވެ.
ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މަކުނުދޫ ސްކޫލުގެ އިންޓަހައުސް ސްޕޯޓްސް ފިޔެސްޓާގައި މިފަހަރު، ފައުންޑޭޝަނުން ފެށިގެން ކީ ސްޓޭޖްގެ 166 ދަރިވަރުން ބައިވެރިވިއެވެ.
advertisment
ހިޔާލު