އިންޓަރނޭޝަނަލް ކޮލިޓީ ރިވިއު (އައިކިއުއާރް) ނިންމައި، ކިއުއޭއޭއިން ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޙާޞިލުކޮށްފިއެވެ. މިއީ ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ނިސްބަތުން ވެސް އެ ޔުނިވަރސިޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.
" މިއި އިލްމީ ފެންވަރާއި ދުނިޔޭގެ މިންގަނޑުތަކަށް އަޅުގަނޑުމެންގެ މުއައްސަސާއިން އަހައްމިއްޔަތުކަންދޭ ކަމުގެ ވަރަށް ބޮޑު ދަލީލެއް. މި އެކްރެޑިޓުން ދައްކައި ދެނީ ރަނގަޅު ފެންވަރުގެ ތައުލީމާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންތައްތަކެއް ކުރަމުންދާ ކަމާއި ޔުނިވަރސިޓީގެ ދަރިވަރުންނަށް ޔުނިވަރސިޓީގެ ޚިދުމަތްތައް އެންމެ އެކަށޭނެ ގޮތުގައި ފޯރުކޮށް ދެވެމުންދާކަން." އިނގިރޭސި ވިލާތުގެ ކިއުއޭއޭއިން ޤައުމީ ޔުނިވަރސިޓީ އެކްރެޑިޓް ކުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗާންސެލަރ މުޙައްމަދު ޝަރީފު ވިދާޅުވިއެވެ.
" މީގެ ސަބަބުން ޔުނިވަރސިޓީގެ އަގު މަތިވެ، ޔުނިވަރސިޓީން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ދުނިޔޭގެ ފެންވަރުގައި ވެސް ދެވޭ ޚިދުމަތްތަލެއްކަން ދައްކައިދޭ ވަރަށް ބޮޑު ދަލީލެއް"
އައިކިއުއާރަކީ ޔޫރަޕިއަން ހަޔަރ އެޑިއުކޭޝަން އޭރިއާ (އީއެސްޖީ) ގެ ސްޓޭންޑާޑްސް އެންޑް ގައިޑްލައިންސް ފޮރ ކޮލިޓީ އެޝުއަރެންސްގެ އެއް ވަނަ ބައިގައި ބަޔާންކޮށްފައިވާ ބައިނަލްއަޤްވާމީ ކޮލިޓީ އެޝުއަރެންސް މިންގަނޑުތަކާ އެއްގޮތަށް މަތީ ތަޢުލީމު ދޭ ދުނިޔޭގެ މަރުކަޒުތައް ބެންޗްމާކްކުރާ ހަރުދަނާ ޕްރޮސެސްއެކެވެ.
27 ޖޫން 2022 އިން 30 ޖޫން 2022 އާ ދެމެދު ކިއުއޭއޭއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރިވިއު ކުރިއިރު، 10 އީއެސްޖީ ސްޓޭންޑަޑްސް އެންޑް ގައިޑްލައިންގެ ތެރެއިން އަށް މިންގަނޑަށް ފެތޭކަން ކިއުއޭއޭއިން ކަނޑައެޅި މިނިވަން ތިން ފަރާތަކުން ކަނޑައެޅިއެވެ. ބާކީ އޮތް ދެ ގައިޑްލައިނަށް ބޭނުންވާ، ޔުނިވާސިޓީގެ އެކްޝަން ޕްލޭނާއި އިތުރު ހެކިތަކަށް ބޭނުންވާ ލިޔުންތައް ހުށަހެޅުމުން، ރިވިއު ޓީމުން ނިންމާފައި ވަނީ ޔޫރަޕިއަން ސްޓޭންޑާޑްސް އެންޑް ގައިޑްލައިންގައިވާ 10 ކަންތައްތައް ވެސް ފުރިހަމަވެފައިވާ ކަމަށެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗާންސެލަރ ޝަރީފު ވިދާޅުވީ ކިއުއޭއޭއިން ހެދި އިވެލުއޭޝަނުގައި ޔުނިވާސިޓީގެ ގަވަނަންސްއާއި، ކިޔަވައިދިނުމާއި، އުނގެނުމުގެ އުސޫލުތަކުގެ އިތުރުން މަންހަޖު ޑިޒައިން ކުރުމުގެ މަރުހަލާ އާާއި، ސްޓޫޑަންޓް ސަޕޯޓް މެކޭނިޒަމްތަކާއި، އިންޓަނޭޝަނަލް ކޮލިޓީ އެޝުއަރެންސް ޕްރޮޓޮކޯލްތަކާއި އެކަންތައްތައް ތަންފީޒު ކުރާ މިންވަރު ބަލާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައި.ކިއުއާރު އެކްރެޑިޓޭޝަން ގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އެ ޔުނިވާސިޓީގެ ކޮލިޓީ އެޝުއަރެންސް ޕްރޮސެސްތަކަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްވަރުގެ ޕްރޮސެސްތަކެއްކަން ދައްކުވައިދޭ ކިއުއޭއޭގެ އެކްރެޑިޓޭޝަން ބެޖް މިހާރު އެ ޔުނިވާސިޓީއަށް ބޭނުން ކުރެވޭނެ ކަމަށް ކިއުއޭއޭގެ ވެބްސައިޓްގައި ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން ކިއުއޭއޭ އިންޓަނޭޝަނަލް މެމްބަރަކަށް ވުމުގެ ފުރުސަތު ޤައުމީ ޔުނިވަރސިޓީއަށް ލިބިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
advertisment
ހިޔާލު