ރާއްޖޭގެ އަތޮޅުތަކުގެ ތާރީޚާއި އާދަކާދަ އެއްތަނަކުން ކިޔައިދޭ "ފަހި ކުތުބުޚާނާ " ފަށައިފިއެވެ. މިއީ ލައިބްރަރީ ދުވަހާ ގުޅިގެން ޤައުމީ ޔުނިވާސިޓީން ކުރިއަށް ގެންދާ ހަރަކާތެކެވެ.
"ފަހި ކުތުބުޚާނާ" ފައްޓަވައި ދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފު އަބްދުއްރަހީމެވެ.
ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކާއި ބެހޭގޮތުން ނޭނގޭ އެތައް މައުލޫމާތު "ފަހި ކުތުބުޚާނާއިން" ގެނެސްދީފައިވެއެވެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މައުލޫމާތާއި އެ އަތޮޅެއް ރަމްޒުކޮށްދޭ އެތައް އުފެއްދުންތަކާއި، ވާހަކަތަކެއް އެ އަތޮޅަކަށް ޚާއްޞަ ސްޓޯލްތަކުން ފެންނަން ހުއްޓެވެ.
" ދިވެހިރާއްޖޭގެ އެންސައިކްލޮޕީޑިއާއެއް ރިއަލް ޓައިމްގައި ތަޖުރިބާކޮށްލެވޭނެ" ޤައުމީ ޔުނިވަރސިޓީން ބުންޏެއެވެ.

ޤައުމީ ޔުނިވަރސިޓީން ބުނި ގޮތުގައި، "ފަހި ކުތުބުޚާނާ" ގެ މަޤްޞަދަކީ، އެ ޔުނިވަރސިޓީގެ ލައިބްރަރީގެ ޚިދުމަތާ ގުޅޭ މައުލޫމާތު އަންގައިދިނުމާއި، ލައިބްރަރީއިން މައުލޫމާތު ލިބިގެން ދަނީ ފޮތްތަކުން އެކަނި ނޫންކަން އަންގައިދިނުމެވެ. ފޮތް ކިޔާތަނެއްގެ ބަދަލުގައި، އާ ކަންކަންތައްތައް ދަސްކޮށްދޭ ނުވަތަ އާ މައުލޫމާތު ފޯރުކޮށްދީ، ހަރަކާތްތަކުން ވެސް މީހުންގެ ހަނދާނުގައި ހަރުލާފަދަ މައުލޫމާތުތަކެއް ލައިބްރަރީއިން ފޯރު ކޮށްދެވިދާނެކަން އަންގައިދިނުމެވެ.
ޔުނިވަރސިޓީން ބުނީ، "ފަހި ކުތުބުޚާނާ" އިން، ލައިބްރަރީގެ ސަރުނައަށް ލުމަށް ތަކެތި ހޯދުމުގެ އިތުރުން، ސަރުނަ އިސްތިހާރުކުރުމާއި، ރާއްޖެ ތަމްސީލްކުރާ އެކި ކަހަލަ ރޮނގުތަކުގައި މަސައްކަތް ކޮށްދެއްވާފައިވާ ބޭބޭފުޅުންގެ ހަނދާން އާކޮށް، މި ޖީލުގެ ދަރިންނަށް އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ދައްކާލުމަކީ ވެސް މި ހަރަކާތުގެ އެއް މަޤްޞަދެވެ.
އެމްއެންޔޫގެ މައި ކެމްޕަސްގައި ކުރިއަށްދާ "ފަހި ކުތުބުޚާނާ" މިރޭ 10:00އާ ހަމައަށް ކުރިއަށް ދާނެއެވެ.
advertisment
ހިޔާލު