ކޭއެސް ސްޓެމް ފެއަރ ފަށައިފި

ކަލާފާނު ސްކޫލްގެ ސްޓެމް ފެއަރ ފަށައިފިއެވެ.

މިއަދު ހަވީރާ ހަމައަށް މި ފެއަރ ކުރިއަށްދާނެއެވެ. ފެއަރ ހުޅުއްވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހްމަދު އަލީއެވެ.

ސްޓެމް ފެއާއަކީ ކަލާފާނު ސްކޫލުގެ މުހިންމު ހުރިހާ މަރުހަލާއަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މި ފެއާގެ މައިގަނޑު މަގްސަދަކީ ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އަދި ހިސާބުގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމެވެ. މި މުބާރާތުން ދަރިވަރުންނަށް ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން ނުވަތަ ހިސާބު ގެ ޒަރިއްޔާއިން ވަކި ގޮންޖެހުންތަކެއް ނުވަތަ މައްސަލަތައް ހައްލުކުރެވޭނެ ދަސްކޮށްދެއެވެ.

ކަލާފާނު ސްކޫލުން ބުނިގޮތުގައި މި ފެއާގައި ދައްކާލި މޮޑެލްތަކަކީ މައިގަނޑު ހުރިހާ މަރުހަލާއެއްގެ މޮޑެލްތަކެކެވެ. ޚާއްޞަ އެހީއަށް ބޭނުންވާ "ޖޭޑް" ދަރިވަރުން ހިމެނޭ ގޮތަށް ގްރޭޑް 1-10 އަށްގެ ދަރިވަރުން މި ފެއަރގައި ބައިވެރިވެއެވެ. މި ފެއަރގައި ތަފާތު ސްޓެމް ފީލްޑްތަކުން 21 ފަންކްޝަނަލް މޮޑެލް ހިމަނާފައިވެއެވެ. މިއީ ވަރަށް އުފާވެރި އަދި ކާމިޔާބު ހަރަކާތެއް ކަމަށް ކަލާފާނު ސްކޫލުން ބުނެއެވެ. މި މައުރަޒުގެ މައިގަނޑު އަމާޒަކީ ސައިންސާއި ޓެކްނޮލޮޖީއާ މެދު ޝައުގުވެރިކަން އުފައްދައި، މުދައްރިސުންނާއި ދަރިވަރުން ގުޅިގެން މަސައްކަތް ކުރާނެ މާހައުލެއް އުފެއްދުމެވެ.

ކްރިޓިކަލް ތިންކިންގ އެންޑް ޕްރޮބްލެމް ސޮލްވިންގ އަކީ 21 ވަނަ ޤަރުނުގެ މުހިންމު ހުނަރުތަކެއް ކަމުގައިވާ ކޭއެސް ސްޓެމް ފެއަރ 2023 އަކީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ދަރިވަރުން އުފައްދައި، އެއްބާރުލުންދީ، މުޢާމަލާތުކުރުމަށް ހިތްވަރުދޭ އެއް ޕްލެޓްފޯމްކަން ޔަގީނެވެ.

ކޮންމެ ގުރޭޑަކުން ވެސް އެންމެ މޮޅު ޕްރޮޖެކްޓްތައް ވަނީ ހޮވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *