* މަތީ ތަޢުލީމަށް ލޯން ދޭން 993 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވޭ
* މި އަހަރު ބަޖެޓްކުރި މިންވަރަށްވުރެ 85.3 އިންސައްތަ މަތީ ތައުލީމުގެ ލޯނަށް ޚަރަދުވާނެ
އަންނަ އަހަރު ލަފާ ކުރާ ތައުލީމީ ބަޖެޓަކީ 5.3 ބިލިއަން ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބެޖެޓްގައިވާ ގޮތުން މިއީ ގާތް ގަޑަކަށް މި އަހަރުވެސް ހިނަގާނެ ކަމަށް މިހާރު އަންދާޒާކޮށްފައިވާ އަދަދެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓް ބަހާލާފައި ވަނީ މައިގަނޑު އަށް ދާއިރާއަކަށެވެ.

އެއީ ޕްރީ ސްކޫލް ފަށާތައުލީމަށާއި ސާނަވީ އަދި މަތީ ސާނަވިއާއި މަތީ ތަޢުލީމާއި ތައުލީމާ ގުޅުން ހުރި އެހެނިހެން ޚަރަދާއި ސަބްސިޑިއަރީ ޚިދުމަތްތަކާއި ރިސާރޗް ޑިވެލޮޕްމަންޓްގެ އިތުރުން ވެސް އެހެނިހެން ތައުލީމި ޚިދުމަތްތަކެވެ.
ރިކަރަންޓް ޚަރަދުގެ ތެރެއިން ތަމްރީނު ކުރުމަށާއި ސްކޮލަރޝިޕަށް ( ފްރީ ޑިގްރީ ހިމެނޭހެން) ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން ކިޔަވާ ކުދިންގެ ލޯނަށް ބަޖެޓްގެ ދެ އިންސައްތަ ކަނޑައަޅާފައިވެއެވެ. އެއީ 993 މިލިއަން ރުފިޔާއެވެ.

މި ހިނގާ އަހަރު މަތީ ތައުލީމަށް ދޫކުރި ލޯންތަކުގެ ޚަރަދު ވަނީ އަންދާޒާ ކުރި މިންވަރަށް ވުރެ 85.3 އިންސައައްތަ އިތުރުވެފައި ކަމަށް ބަޖެޓް ފޮތުގައި ބުނެފައިވެއެވެ. އެ އަދަދު އިތުރުވީ ކުރިން ލޯން ދޫކުރަން ނިންމި އަދަދަށްވުރެ އިތުރު ދަރިވަރުންނަށް ލޯން ދޫކުރުމުން ކަމަށް ވެސް ބަޖެޓް ފޮތުގައި ބުނެފައިވެއެވެ.
އިތުރަށް ބުނެފައި ވަނީ އަންނަ އަހަރު އިތުރު 300 ދަރިވަރުން ކިޔަވާނެ ކަމަށް ބަލައި އެކަމަށް 300 މިލިއަން ރުފިޔާގެ ލޯން ދޭން ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.
މި އަހަރު އައު ސްކޮލަރޝިޕް ޕްރޮގްރާމް ފަށައިފައިވުމުން އަންނަ އަހަރު ސްކޮލަރޝިޕް ޚަރަދު އިތުރުވާނެ ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް ކިޔަވާ ކުދިންގެ ލޯނުގެ ގޮތުގައި ޚަރަދުވާނެ މިންވަރު މަދުވާނެ ކަމަށް ވެސް އެ ފޮތުގައި ފާހަގަކޮށްފައިވެއެވެ.
advertisment
ހިޔާލު