އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް: 14 އަހަރުން ދަށް ފިރިހެން، ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާއަށް

ތިން ސެޓުން ކެޔޮދޫ ސްކޫލް ބަލިކޮށް، އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާއިން ހޯދައިފިއެވެ.

މިރޭ ކުޅުނު ފައިނަލްގައި ފުރަތަމަ ސެޓް ފ. އަތޮޅު މަދަރުސާއިން ގެންދިޔައީ 7-25ންނެވެ. ދެވަނަ ސެޓް ގެންދިޔައީ 19-25ންނެވެ. ފަހު ސެޓް ގެންދިޔައީ 15-25ންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ ފ. އަތޮޅު މަދަރުސާގެ ޖާރޒީ ނަމްބަރު 8 އަލޫފު އަބްދުﷲއެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ފ. އަތޮޅު މަދަރުސާގެ ޖޯޒީ ނަމްބަރު 7 އިކާން: ފޮޓޯ: ފ. އަތޮޅު މަދަރުސާ

ސާދަ އަހަރުން ދަށް ފިރިހެން ޑްރީމް ޓީމް ވެސް ރޭ ކަނޑައަޅާފައިވެއެވެ. އެ ޓީމުގައި ހިމެނެނީ:

  • އަލޫފު އަބްދުﷲ، ޖޯޒީ ނަމްބަރު 8 ( ފ. އަތޮޅު މަދަރުސާ)
  • ޔޫސުފު ހުސައިން، ޖޯޒީ ނަމްބަރު 9 ( ފ. އަތޮޅު މަދަރުސާ)
  • ޢައްމާރު ބިން އަޙްމަދު، ޖޯޒީނަމްބަރު 10 (ކެޔޮދޫ ސްކޫލް)
  • މުޙައްމަދު ރައިހާން ރަޝީދު، ޖޯޒީ ނަމްބަރު 13 ( ކެޔޮދޫ ސްކޫލް)
  • އިކާން އަބްދުލް ޣައްފާރު، ޖޯޒީ ނަމްބަރު 7 ( ފ. އަތޮޅު މަދަރުސާ)
  • އާދަމް ޖޯޒީ ނަމްބަރު 18 އާދަމް އާދު އިދުރީސް ( ކެޔޮދޫ ސްކޫލް)
  • އަލީ ޒާހިރު، ކޯޗް،  (ފ. އަތޮޅު މަދަރުސާ)

މި މުބާރާތުގެ ސާދަ އަހަރުން ދަށުގެ ފިރިހެން ތިންވަނަ ޓީމަކީ މުޙްޔިއްދީން ސްކޫލެވެ. ސޯޅަ އަހަރުން ދަށުގެ އަންހެން، ތިން ވަނަ ހޯދީ ކެޔޮދޫ ސްކޫލުންނެވެ. މި އުމުރުގެ ފިރިހެނުންގެ ބައިން ތިން ވަނަ ހޯދީ ފ. އަތޮޅު މަދަރުސާއިންނެވެ.

16 އަހަރުން ދަށާއި، 14 އަހަރުން ދަށުގެ ފަހު ފައިނަލް މެޗުތައް މިއަދު ކުޅޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *