އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް: 16 އަހަރުން ދަށް އަންހެން ފައިނަލަށް ކުނބުރުދޫ ސްކޫލާއި ފ. އަތޮޅު މަދަރުސާ

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 16 އަހަރުން ދަށް އަންހެން ފައިނަލަށް ކުނބުރުދޫ ސްކޫލާއި ފ. އަތޮޅު މަދަރުސާ ހިނގެއްޖެއެވެ.

ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގުރޫޕް ބީއިން އެއްވަނަ ޓީމުގެ ގޮތުގައި ކުނބުރުދޫ ސްކޫލް ސެމީގައި ކުޅުނީ އިމާދުއްދިނާ ދެކޮޅަށެވެ. ކުނބުރުދޫ ސްކޫލް މޮޅުވީ ތިންސެޓުންނެވެ. އެ ސްކޫލުން ފުރަތަމަ ސެޓް ގެންދިޔައީ 18-25ންނެވެ. ދެވަނަ ސެޓް ފަސޭހަކަމާއެކު ގެންދިޔައީ 8-25ންނެވެ. ތިން ވަނަ ސެޓް ދިޔައީ ވާދަވެރިކަމާއެކު 19-25ންނެވެ. މޮޅު ކުޅުންތެރިޔަކީ ޖާރޒީ ނަމްބަރު 4 އާމިނަތު އާޝިޔާ މުހައްމަދެވެ.

ފ. އަތޮޅު މަދަރުސާ ސެމީއަށް އައީ ވެސް ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގުރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތގުގައެވެ. ސެމީގައި މިރޭ ކެޔޮދޫ ސްކޫލުގެ މައްޗަށް އެ ސްކޫލުން ކާމިޔާބު ހޯދީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓް ފ. އަތޮޅު މަދަރުސާއިން ގެންދިޔައީ 18-25ންނެވެ. ދެވަނަ ސެޓް17-25ން ގެންދިޔައިރު، ފަހު ސެޓްގައި ކެޔޮދޫ ސްކޫލުން ވާންކުރިއެވެ. ފަހު ސެޓް ފ. އަތޮޅު މަދަރުސާއިން ގެންދިޔައީ 18-25ންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *