ގދ. އޭއީސީގެ ސައިފެސްޓް މިފަހަރު ޚާއްޞަ ކުރީ ރިސަރޗް ތަކަށާއި ވޯކިން މޮޑެލަށް

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސައިންސް ފެއަރ " ސައިފެސްޓް" ބާއްވައިފިއެވެ.

ހަފްތާގެ ބަންދުގައި ކުރިއަށް ގެންދިޔަ މިފެއަރ މިފަހަރު ކުރިއަށް ގެންދިޔައީ އިންވެސްޓިގޭޝަންއާއި ވޯކިންގ މޮޑެލެވެ.

ސައިންސް ފެއަރގައި 36 ސްޓޯލެއް ކުރިއަށް ގެންދިޔައިރު އޭގެ ތެރެއިން އެއް ސްޓޯލް ޚާއްޞަ ކުރީ އުނގެނުމުގައި އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންނަށެވެ.

ގުރޭޑް 7ން 12ގެ 157 ދަރިވަރުން ސައިންސް ފެއަރގައި އަމަލީ ގޮތުން ބައިވެރިވެފައިވެއެވެ.

މި ފެއަރގެ ކަންތައްތަކުގައި އިސްކޮށް މަސައްކަތް ކުރެއްވި ގދ. އޭއީސީގެ ސްކޫލުގެ ލީޑިންގ ޓީޗަރު ދަރިވަރު ނޫހަށް ވިދާޅުވީ ގިނަ ދަރިވަރުންގެ ހުށަހަޅާފައި ވަނީ ވޯކިން މޮޑެލް ކަމަށާއި އެކުދިންގެ ޝަޢުޤު ހުރީ ވެސް އެ ދާއިރާއަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ސައިންސް ފެއަރއަށް ކުދިންގެ ޝައުޤު އަބަދުވެސް ހުންނަ ކަމަށާއި، ކޮންމެ އަހަރަކު އެއްފަހަރު އެ ފެއަރ ކުރިއަށް ގެންދަން އެ ސްކޫލުން ބޭނުންވާ ކަމަށެވެ.

ސައިންސް ފެއަރގައި ކޮންމެ ގުރޭޑަކުން ވެސް އެއްވަނަ ދަވަނަ ތިން ވަނަ ހޯވާނެއެވެ.

އެންމެ ފަހުން ސައިންސް ފެއަރ ބާއްވާފައި ވަނީ 2019ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *