ތިން ދަރިވަރުންނާއެކު ވ. ރަކީދޫ ސްކޫލްގައި ސެޓެލައިޓް ސްކޫލް ނިޒާމުން މިއަދު ކިޔަވައިދޭން ފަށައިފިއެވެ.
އެރަށުގައި ކިޔެވުން ނުފެށި ދިޔައީ ކިޔަވާ އުމުރުގެ ކުދިން ނެތިގެން ކަމަށް މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އެ މިނިސްޓްރީއަށް ލާޒިމް ވަނީ ހަތަރު އަހަރުން މަތީގެ ދަރިވަރުންނަށް ތައުލީމް ފޯރުކޮށްދިނުމަށެވެ.
ރަކީދޫގައި ސެޓްލައިތް ނިޒާމުން ކިޔަވައިދޭން 3.5 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.


ކިޔަވާނެ ކުދިން މަދުވެގެން ރަކީދޫގައި ކިޔަވައިދިނުން ހުއްޓާލީ 2008 ގައެވެ.
ރާއްޖޭގެ ހަ ރަށެއްގައި މިހާރު މިވަނީ ސެޓެލައިޓް ސްކޫލް ޤާއިމްކުރެވިފައެވެ. އެއީ ބ. ފެހެންދޫ، ބ. ފުޅަދޫ، ގއ. ކޮނޑޭ، އދ. ދިއްދޫ، ވ. ތިނަދޫ އަދި ވ. ރަކީދޫ. ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ފެށުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މިހާރު ކިޔަވައިދޭ ސްކޫލެއް ހުންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު