ފުރަތަމަ ޓާމުގެ މެދު ޗުއްޓީއަށްފަހު، ކިޔެވުން މާދަމާ ފަށަނީ

ޗުއްޓީގައި ބައެއް ސްކޫލްތަކުން އިސްކަންދިނީ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދޭން

ފުރަތަމަ ޓާމުގެ މެދު ޗުއްޓީއަށްފަހު، ކިޔެވުން މާދަމާ ފަށާނެއެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން ފިރަތަމަ ޓާމުގެ މެދު ޗުއްޓީ ލިބެނީ އޮކްޓޯބަރު މަހުގެ 15ން 19 އަށެވެ. ފުރަތަމަ ޓާމުގެ މެދު ޗުއްޓީއަށްފަހު، ކިޔެވުން ފަށާނީ 22 އޮކްޓޯބަރުގައެވެ. ގުރޭޑް 10ގެ ދަރިވަރުންނަށް ފުރަތަމަ ޓާމުގެ އިމްތިޙާން ފަށާނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ނިމޭނީ ނޮވްމަބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ގުރޭޑް 7ން 12 ގެ ދަރިވަރުންގެ ފުރަތަމަ ޓާމުގެ އިމްތިހާން ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ 3ން 14 އަށެވެ. 90 އެއްހާ ދުވަހު ކިޔަވާދިނުމަށްފަހު، ފުރަތަމަ ޓާމުގެ ޗުއްޓީ ލިބެނީ 21 ޑިސެމްބަރުގައެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ 25 ޖެނުއަރީގައެވެ.

ޗުއްޓީއާ ދިމާކޮށް ބައެއް ސްކޫލުތަކުން ވަނީ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދައިދީފައެވެ. ތާޖުއްދީނުގައި ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވާ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދަން ދިޔައީ ޔޫއޭއީއަށެވެ. ޖަމާލުއްދީނުގެ ދަރިވަރުން ދިޔައީ އިންޑިޔާއަށެވެ. އިމާދުއްދީން ސްކޫލުގެ ދަރިވަރުންނާއެކު އެ ސްކޫލުގެ ޓީމެއް ތަޖުރިބާ ދަތުރެއްގައި ދިޔައީ ތައިލެންޑަށެވެ.

ފުވައްމުލަކުގައި ހުންނަ މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ މުދައްރިސުންގެ އިލްމީ ޤާބިލުކަން އިތުރު ކުރުމަށް ޚާއްޞަ ޕީޑީ ސެޝަންތަކެއް މެލޭޝިޔާގައި ކުރިއަށް ގެންގޮސްފައެވެ.

މަޑުއްވަރީ ސްކޫލުގެ ދަރިވަރުން އިސްކަންދަރު ސްކޫލަށް ޒިޔާރަތްކޮށް އެ ސްކޫލުގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު މަތި ކުރުމަށް ޚާއްޞަ ކުލާސްތަކެއްގައި ވަނީ ބައިވެރިވެފައެވެ.

ގާލްގައިޑާއި ކެޑޭޓް ހަރަކާތްތަކެއް ވެސް ބަންދު ތެރޭގައި ކުރިއަށް ގެންދިޔައެވެ. ގާރލްގައިޑް އެސޯސިއޭޝަނުން ވަނީ ނެޝަނަލް އެންވަޔަރަމަންޓް ކޭޕް ބާއްވާފައެވެ. އެ ކޭމްޕްގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *