ވޯލްޑް ކަލިނަރީ އެވޯޑްސް ގައި ގެ އިންޑިއަން އޯޝަން "ބެސްޓް ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޓް" ގެ ފަޚުރުވެރި މަޤާމް މޮރިޝަޝްއާ ވާދަކޮށް ރާއްޖެއިން ހޯދައިފިއެވެ.
މި ގެޓަގަރީގެ ނޮމިނޭޝަންގައި ރާއްޖެއާ ވާދަކުރީ މޮރިޝަސްގެ އޮލިވިއާ ކަލިނަރީ ސްކޫލާއި ކަލިނަރީ މާސްޓަރސްއެވެ.
މި އެވޯޑް 2021 ވަނަ އަހަރުވެސް ރާއްޖެއިން ހޯދިއެވެ. އެފަހަރު ރާއްޖެއާ ވާދަކުރީ ސީޝެލްސް އާއި މޮރިޝަސްގެ ދެ އިންސްޓިޓިއުޓެކެވެ.

ނޮމިނޭޓް ވި ތިން އިންސްޓިއުޝަންގެ ތެރެއިން އެވޯޑް ދިނީ ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް، އާއްމުންގެ މެދުގައި ނެގި ވޯޓުން ހޮވިގެންނެވެ.
2020 އަހަރުން ފެށިގެން ވޯރލްޑް ކަލިނަރީ އެވޯރޑްސް ދޭން ފަށާފައިވާއިރު، މި އެވޯޑަށް ނޮމިނޭޓް ކުރުމުގައި ކެއްކުމުގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އެ ދާއިރާއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ކުރިއެރުންތައް ވަޒަން ކުރެއެވެ. އަދި ކެއްކުމުގެ ދާއިރާއަށް އަމާޒުކޮށް ތަފާތު ކޯސްތައް ހިންގަމުން ދިއުމާއި، ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ތަފާތު ވައްތަރުގެ ކެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވެ، ހޯދާފައިވާ ކާމިޔާބީތަކަށް ބަލައެވެ.
ސެޓްފިކެޓް ލެވެލްއިން ފެށިފެން މާސްޓަރސް ފެންވަރަށް މިހާރު ކިޔަވައިދޭ އެފްއެޗްޑީއެސްއަކީ ރާއްޖޭގައި ހޮސްޕިޓަލި ދާއިރާއިން މީހުން ބިނާކުރާ އެންމެ ދުވަސްވީ އެންމެ ބޮޑު މަރުކަޒެވެ. 1987 ވަނަ އަހަރު އުފެދުނު އެ މަރުކަޒުން މިހާރު، އަހަރެއްގެ މައްޗަށް ހަ ސަތޭކައެންހާ ދަރިވަރުން ތަމްރީނު ކުރެއެވެ.
advertisment
ހިޔާލު