ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންގެންދާ އުދުއާނާ ދެކޮޅު ހަދައި، ފަލަސްތީންނަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތާއި ގުޅިގެން ފަލަސްތީންގެ އަހުންނާއި އުހުތުންނާ އެކު ތިބިކަން ދެއްކުމުގެ ގޮތުން، ވ. އަތޮޅު ތަޢުލީމީ މަރުކަޒުން ހިނގާލުމެއް ބާއްވައިފިއެވެ.
ވ. ފެލިދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި އެ މަރުކަޒުގެ ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިން ބައިވެރިވިއެވެ. މި ހިނގާލުމުގައި ބައިވެރިވި ހުރިހާ އެންމެން ތިބީ ފަލަސްޠީނުގެ ދިދަ ހިފައިގެންނެވެ. މި ހިނގާލުމުގައި ފެލިދޫ ޒެޑްގެ ފަރާތުން އެހީތެރިކަން ލިބުނު ކަމަށް އެ މަރުކަޒުން ބުނެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނާއެކުގައި ދިވެހި އުއްމަތް އޮތް ކަން ހާމަކޮށް ދިނުމުގެ ގޮތުން ބޮޑު އެއްވުމެއް މިއަދު ހަވީރު މާލޭގައި ބާއްވާއިރު، މިފަދަ އެއްވުންތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދާނެއެވެ.
ރާއްޖޭގެ އެހެން ސްކޫލްތަކުން ވެސް ދަނީ ފަލަސްޠީލާއެކުގައިވާކަން ހަމާކޮށް ދިނުމުގެ ގޮތުން ޝުއޫރު ފާޅުކުރަމުންނެވެ. އަދި ރަށްރަށުގައި މިއަދު ބާއްވާ އެއްވުންތަކުގައާއި ހިނގާލުންތަކުގައި ބައިވެރިވުމަށް ސްކޫލްތަކުން އަންނަނީ ގޮވާލަމުންނެވެ.
advertisment
ހިޔާލު