ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ޝީތާ

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް އައިޝަތު ޝީތާ ހަމައްސަވައިފިއެވެ.

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ޝީތާ ހަމަޖެއްސެވީ އެ ސްކޫލުގެ ޕްރިންސިޕަލް ކަމުގައި ކުރިން ހުންނެވި ހަސަން މުޙައްމަދު އެޑިޔުކޭޝަން މިނިސްޓްރީއަށް ބަދަލު ކުރެއްވުމުންނެވެ. އޭގެ ފަހުން އެ ސްކޫލް ހިންގުމުގެ ޒިންމާ އުފުއްލަވަމުން ގެންދަވަނީ ޝީތާއެވެ.

އަމީނިއްޔާ ސްކޫލާއި ޣިޔާޘުއްދީން ސްކޫލުގައި މަސައްކަތް ކުރެއްވުމަށްފަހު، ޖަމާލުއްދީނުގައި ޝީތާ މަސައްކަތް ކުރައްވާތާ މިހާރު ބާރަ އަހަރުވެއްޖެއެވެ. އޭގެ ތެރެއިން ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *