މުދައްރިސުން ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ ޕޯޓަލް ތަޢާރަފުކޮށްފިއެވެ. މި ޕޯޓަލް ތަރާރަފުކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.
މިހާރު ޚިދުމަތުގައި ތިއްބެވި ހުރިހާ މުދައްރިސުންނަށް ކިޔަވައި ދިނުމުގެ ލައިސަންސް ދޭން ވަނީ ނިންމާފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މުދައްރިސްކަމުގެ ލައިސަންސް ތަޢާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއ، ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ފަންނީ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމާއި މުދައްރިސުންނަކީ ޤަދަރުވެރި އަދި މުޖުތަމަޢު ގަބޫލުކުރާ އަޚްލާޤީ ސިފަތައް އަށަގަނެފައިވާ ބައެއް ކަމު ގައި ހެދުމަށް މަގުފަހިކުރުމެވެ.
އަދި ވަޒީފާގައި ދެމިތިބޭ މުދައްރިސުންނަކީ ފަންނީގޮތުން ކުރިއަރަމުންދާ ބަޔަކަށް ހެދުމާއި ތަޢުލީމުގެ ޤާނޫނުގައި މުދައްރިސުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަ ނޑައަޅައިފައިވާ ޒިންމާތަ ކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަމާއި ހުނަރާއި މަސައްކަތުގެ އަޚްލާޤު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމެވެ.

ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ ޤަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފެށީ ހުސްވި ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.
އެ ގަވައިދުގެ ދަށުން ލައިސަންސް ދޭނީ ދެ އަހަރު ފަހުން، ކިޔަވަން ފަށައި، ހަތަރު އަހަރު ދުވަހުގެ ކޯހެއް ނިންމާ މުދައްރިސުންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ ޤަވާއިދުގައި ބުނެފައިވާ ގޮތުގައި، މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދޫ ކުރުމުގައި 2029 ޖަނަވަރީ 1 ވަ ނަ ދުވަހުން ފެށިގެން ކިޔަވައި ދިނުމުގެ ދާއިރާގެ ސަނަދުތައް ޤަބޫލުކުރެވޭނީ އެ ސަނަދަކީ މިނިސްޓްރީން ޢާންމުކުރާ "ޕްރީ ސަރވިސް ޓީޗަރ އެޑިޔުކޭޝަން ސްޓޭންޑަ ރޑްސް"ގައި ބަޔާންކުރާ މިންގަ ނޑަށް ފެތޭ ކޯހަކުން ޙާޞިލުކޮށްފައިވާ ސަނަދެއް ކަމުގައި ވާނަމަ އެވެ. 2024 ވަނަ އަހަރަކީ މުދައްރިސުން ތަމްރީނުކުރާ މުއައްސަސާތަކަށް ކޯސްތަކާއި މޮޑިއުލްތައް "ޕްރީ ސަރވިސް ޓީޗަރ އެޑިޔުކޭޝަން ސްޓޭންޑަ ރޑްސް"އާ އެއްގޮތަށް ބަދަލުކުރުމަށް ދެވޭ މުއްދަ ތެކެވެ. އެހެންކަމުން 2025 ޖަނަވަރީ 1 އިން ފެށިގެން ކޯސްތައް ކުރިއަށްގެންދަން ވާނީ މި ބަދަލުތަކާ އެއްގޮތަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
މުދައްރިސުންގެ ގޮތުގައި ހިމެނެނީ:
- މުދައްރިސުން ( ބިދޭސީ މުދައްރިސުން ވެސް ހިމެނެނޭހެން)
- ލީޑިންގ ޓީޗަރުންނާއި ސުޕަރވައިޒަރުންނާއި ޑިޕާޓްމަންޓްތަކުގެ ހެޑުންނާއި ހެޑް ޓީޗަރުންނާއި އެ ފެންވަރުގެ މަޤާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން
- ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެކްޓިންގ ޕްރިންސިޕަލުންނާއި އެ ފެންވަރުގެ މަޤާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން
- ސުޕްރިންޓެންޑެންޓުން
- ޓިއުޓަރުން
- ސްކޫލް ޕްރޮފެޝަންތަކުގައި މަސައްކަތްކުރާ ފަރާތްތައް )ތެރަޕިސްޓުންނާއި ކައުންސެލަރުންނާއި ސްކޫލް ހެލްތް އޮފިސަރުންނާއި ސްޕޯޓްސް ސުޕަރވައިޒަރުންނާއި ވޮކޭޝަނަލް އިންސްޓްރަކްޓަރުންނާއި ލައިބްރޭރިއަނުން ފަދަ މުވައްޒަފުން(
- ވަގުތީ ޓީޗަރުން
- ސްކޫލްތައް ފިޔަވައި މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަޢުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދޭ ތަންތަނާއި ޕްރޮގްރާމްތަކުގައި އުނގަންނައިދޭ މުދައްރިސުން
ޕޮރޮވިޝަނަލް ޓީޗިންގ ލައިސަންސްއާއި ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސް ފިޔަވައި ދޭނީ ހަތަރު އަހަރު ދުވަހުގެ ލައިސަންސެކެވެ. ޕޮރޮވިޝަނަލް ޓީޗިންގ ލައިސަންސް ދެނީ އެއް އަހަރު ދުވަހަށެވެ. ކިޔަވައިދިނުމަށް ވަގުތީ ލައިސަންސް ދޭނީ ދެ އަހަރު ދުވަހަށެވެ.
މުދައްރިސުން ރަޖިސްޓަރީވެ، ލައިސަންސް ހޯދުމަށް ވަންގަވް މެދުވެރިކޮށް ހުށަހެޅޭނެ. މުދައްރިސްކަމުގެ ލައިސަންސް އަށް އެދި ހުށަހަޅާނީ https://one.gov.mv/…/651d7bba-88c3-a045-3817-89072f4fef73… މި ލިންކު މެދުވެރިކޮށް.
advertisment
ހިޔާލު