ޤައުމީ ޔުނިވަރސިޓީގެ ސްކޮލަރޝިޕް އެންމެ މަތީ ނަތީޖާ ހޯދި 11 ދަރިވަރުންނަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ދަރިވަރުންގެ ސްކޮލަރޝިޕް ސްކީމްގެ ދަށުން 2023 ވަނަ އަހަރުގެ ދެވަނަ ޓަރމަށް ހުޅުވާލި ސްކޮލަރޝިޕް ފުރުޞަތުތަކަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން އެންމެ މަތީ ނަތީޖާ ހޯދި 11 ދަރިވަރުންނަށް ސްކޮލަރޝިޕް ދީފިއެވެ.

މި ދަރިވަރުންނަށް ސްކޮލަރޝިޕް ދިނީ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހަންމަދު ޝަރީފެވެ.

ޔުނިވަރސިޓީގެ ދަރިވަރުންގެ ސްކޮލަރޝިޕަކީ ޔުނިވަރސިޓީ ކައުންސިލުން ތަޢާރުފުކޮށްފައިވާ، ތަޢުލީމު އިޙްތިފާލު ކުރުމާއި ތޫނުފިލިކަން ހުރެ މަތީ ފެންވަރަށް ކިޔެވުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދެވޭ ސްކޮލަރޝިޕެކެވެ.

ޔުނިވަރސިޓީ ސްކޮލަރޝިޕް ސްކީމް އަކީ ޔުނިވަރސިޓީ ކައުންސިލުން ތަޢާރުފުކުރާ ސްކީމެކެވެ. މި ސްކޮލަރޝިޕް ސްކީމްގެ ޚަރަދު ހަމަޖައްސަނީ ޔުނިވަރސިޓީ އަށް ލިބޭ އާމްދަނީ އިންނެވެ.

ޝަހީދު އެވޯރޑަކީ 3 ނޮވެމްބަރ 1988ގައި، ޝަހީދުވި ޝަހީދުންގެ ޛިކުރާ އާކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1999 ން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ 4 ފެކަލްޓީގައި ހިންގާ އެންމެ މަތީ ފެންވަރުގެ ކޯހުގެ ތެރެއިން ފުރަތަމަ ސެމިސްޓަރގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި ސްކޮލަރޝިޕް ސްކީމްގައި ވަނީ ތިން ބާވަތެއްގެ ސްކޮލަރޝިޕެކެވެ. އެއީ ޓިއުޝަން ފީ ހިލޭ ކުރުމާއި (އަންޑަރގްރޭޖުއޭޓް އަދި ޕޯސްޓް ގްރޭޖުއޭޓް)، އަންޑަރގްރޭޖުއޭޓް ފުލް ޝްކޮލަރޝިޕް އާއި ޕޯސްޓް ގްރޭޖުއޭޓް ފުލް ސްކޮލަރޝިޕެވެ. މީގެ އިތުރުން ޝަހީދު އެވޯޑް ހަތަރު ފެކަލްޓީ އަށް ދެވެއެވެ. އެއީ ސީއެމްއެސް، އެފްއީއެސްޓީ، އެފްއެޗްޓީއެސް އަދި އެމްއެންޔޫ ބިޒްނަސް ސްކޫލެވެ.

ޓިއުޝަން ފީ ހިލޭ ކުރުމަކީ، ޔުނިވަރސިޓީއަށް ދަރިވަރުން ދައްކަންޖެހޭ ފީ އިސްތިސްނާ ކުރުމެވެ. ނަމަވެސް، ދަރިވަރުންގެ ޔޫނިއަންއަށް ދައްކަން ޖެހޭ ފީއެއް އިސްތިސްނާއެއް ނުވާނެއެވެ. އަންޑަރގްރޭޖުއޭޓް ފުލް ޝްކޮލަރޝިޕް އާއި ޕޯސްޓްގްރޭޖުއޭޓް ފުލް ސްކޮލަރޝިޕްގައި ހިމެނެނީ ދަރިވަރުން ހަދަމުންދާ ކޯހުގެ ފުރިހަމަ މުއްދަތު ނިމެންދެން ފައިސާގެ އެލަވަންސް އެއް ދިނުމެވެ.

އެމްއެންޔޫއިން ބުނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ދަރިވަރުންގެ ސްކޮލަރޝިޕް ސްކީމްގެ ދަށުން 2023 ވަނަ އަހަރުގެ ފުރަތަމަ ޓާރމްގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް 3 ގިންތިއަކުން 24 ސްކޮލަރޝިޕް ފުރުޞަތު ވަނީ ހުޅުވާލާފައިވާ ކަމަށެވެ. މި ސްކީމްގައި ހިމެނެނީ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕް، އަންޑަރގްރެޖުއޭޓް ސްކޮލަރޝިޕް އަދި ޕޯސްޓް ގްރެޖުއޭޓް ސްކޮލަރޝިޕެވެ.

އެމްއެންޔޫއިން ބުނީ، ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 20 ފުރުޞަތަށް އެދި 31 ދަރިވަރަކު ހުށަހަޅި ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *