އަމިއްލަ ރަށް ފިޔަވައި އެހެން ރަށެއްގައި ވަޒީފާ އަދާކުރައްވާ ޕްރިންސިޕަލުންނަށް "ރޫރަލް ރިޓެންޝަން ޕޮލިސީ"ގެ ދަށުން އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކަށް ފަސް ހާސް ރުފިޔާ ދޭން ނިންމި ކަމަށް ލިޔެފައި ވަނީ މައުލުމާތުގެ ކުށަކުންނެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ އިނާޔަތް ބޮޑުކުރަން ނިންމީ ހަތް ހާސް ރުފިޔާއަށް ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވަނީ "ރޫރަލް ރިޓެންޝަން ޕޮލިސީ"ގެ ދަށުން ދޭ އިނާޔަތަށް ޝަރުތު ހަމަވާ ޕްރިންސިޕަލުންނާ މިއަދު ބައްދަލު ކުރައްވައި އެ ޕޮލިސީ އާއި ގުޅޭ އިތުރު މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ޕްރިންސިޕަލަކު ވިދާޅުވީ އޮކްޓޯބަރު މަހުގެ މުސާރައާއެކު އިތުރުކުރި އެލަވަންސް ލިބޭނެ ކަމަށް އެ ބައްދަލުވުމުގައި މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
ޕްރިންސިޕަލުންނާއި މުދައްރިސުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުން އެ ރަށެއްގައި ހުރުމަށް ދެމުންއައި "ލިވިންގ އެލަވަންސް" ވަނީ އުނިވެފައެވެ. އެ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ.
"ރޫރަލް ރިޓެންޝަން ޕޮލިސީ"އާ ބެހޭ ތަފްޞީލެއް އެ މިނިސްޓްރީއަކުން މީޑިއާއަށް އާންމު ނުކުރެއެވެ.
advertisment
ހިޔާލު