ޤައުމީ ޔުނިވަރސިޓީގެ ފޮތް މައުރަޒު އަންނަ ބުދަދުވަހު، 23 ފަރާތަކުން ބައިވެރިވެފައިވޭ

އަންނަ ބުދަދުވަހު ފަށާ ޤައުމީ ޔުނިވަރސިޓީގެ ފޮތް މައުރަޒުގައި 23 ފަރާތަކުން ބައިވެރިވެއްޖެއެވެ.

މި މައުރަޒު ކުރިއަށް ދާނީ މިމަހު 20ން 22 އަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސްފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 02:00 ން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 4:00 ން ރޭގަނޑު 10:00 އަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ.

2021 އަދި 2022 ވަނަ އަހަރު ބޭއްވުނު ފޮތް މައުރަޒަށް ލިބުނު ތަރުޙީބުގެ ބޮޑުކަމަށް ޤައުމީ ޔުނިވަރސިޓީން ފާހަގަކުރެއެވެ.

މި މައުރަޒު ބާއްވާ މައިގަނޑު މަޤްޞަދުތައް ކަމަށް ޤައުމީ ޔުނިވަރސިޓީން ފާހަގަކޮށްފައި ވަނީ:

  • ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން.-
  • ޕަބްލިޝް/ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުން. –
  • ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝަޢުގު އުފެއްދުން.
  • ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުން.-

އެމް.އެން.ޔޫ. ފޮތް މައުރަޒުގައި ބައިވެރިވުން މިފަހަރުވެސް ހުޅުވާލެވިފައިވަނީ އެއްވެސް ފީއެއް ނުނަގާ މުޅިން ހިލޭ ސާބަހަށެވެ. ޤައުމީ ޔުނިވަރސިޓީން ދަނީ މިފަހަކަށް އައިސް މިކަހަލަ ވަރަށް ގިނަ ހަރަކާތްތަކެއް ޤައުމު ބިނާ ކުރުމަށްޓަކައި އެކި އެކި ނަންނަމުގައި ބާއްވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *