ކަލާފާނުގެ ކެޕްޓަނަކަށް ޒާއިން

ކަލާފާނު ސްކޫލުގެ މި އަހަރުގެ ކެޕްޓަނަކަށް ގުރޭޑް 10ބީ1ގެ އަލީ ޒާއިން އަހުމަދު، އަދި ޑެޕިއުޓީ ކެޕްޓަނަކަށް ޔޫސުފް ނާމިކް ނަސީރު ހޮވައިފިއެވެ.

މަޤާމް ތަކަށް ހޮވި ދަރިވަރުން ހުވާކުރުމަށް މިމަހު ސާދަ ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުގެ އެމްބަސަޑަރެވެ.

މި ރަސްމިއްޔާތުގައި ހޮވުނު އެ ސްކޫލްގެ އިސް މަގާމުތަކަށް ހޮވި 15 ދަރިވަރުންނަށް މަޤާމުގެ ލިޔުން ހަވާލުކުރުމާއި 93 ޕްރިފެކްޓުންނަށް ޕްރިފެކްޓުކަން ހަވާލުކުރިއެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ވަރަށް ގާތްގުޅުމެއް އަބަދުވެސް އޮންނަކަމާއި ކަލާފާނު ސްކޫލަކީ ވެސް ޖަޕާނު ސަރުކާރުން ރާއްޖޭގެ ތައުލީމަށް ވެދެއްވެވި ޚާއްޞަ އެހީއެއްކަމަށެވެ. އެ ސްކޫލްގެ މިފަދަ ރަސްމިއްޔާތަކަށް ދައުވަތު ލިބިވަޑައިގަތުމަކީ އެކަމަނާއަށް ލިބޭ ވަރަށް ޚާއްޞަ އުފާފުލެއްކަމަށް ވިދާޅުވިއެވެ.

ދަރިވަރުންނާ މުޚާޠަބުކުރައްވަވާ އެކަމަނާ ވިދާޅުވީ، އިސް މަގާމެއް ހަވާލުވުމަކީ ލިބޭ ޝަރަފަކަށްވުރެ ބޮޑަށް ކޮނޑުއެޅޭ މަސްއޫލިއްޔަތެއްކަމަށް ހުރިހައި ދަރިވަރުންވެސް ދެކުމަށާއި އެ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރިހައި ދަރިވަރުންވެސް ސްކޫލާއެކު މަސައްކަތްކުރާނޭކަމަށް އުންމީދުކުރައްވާކަމަށެވެ.

ސްކޫލް ކެޕްޓަން ކަމުގެ މަސްއޫލިއްޔަތާ ހަވާލުވި ޒާއިން ބުނީ، އެ މަގާމަށް އައުމަށް އޭނާކުރި މަސައްކަތާއި އެކަމުގައި ވާގިވެރިވި އެންމެހައި ފަރާތްތަކަށް ޝުކުރުއަދާކުރާކަމަށެވެ.، އަދި އެ މަގާމުގައި ހުރެގެން، ސްކޫލުގެ އަމާޒަށް ވާސިލުވުމުގައި ދަރިވަރުންގެ ފަރާތުން ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ސާބިތުވެ ހުންނާނެކަން ފާހަގަކުރިއެވެ.

އިސްމަޤާމްތަކަށް ހޮވުނު ދަރިވަރުން

އަލީ ޒާއިން އަޙްމަދު – ސްކޫލް ކެޕްޓަން

ޔޫސުފު ނާމިކް އަލީ ނަސީރު – ޑެޕިއުޓީ ކެޕްޓަން

ކައިސް އަހުމަދު އާދަމް – ގޭމްސް ކެޕްޓަން

މުހައްމަދު ޒީކް އަހުމަދު – ޑެޕިއުޓީ ގޭމްސް ކެޕްޓަން

މަރިޔަމް ޒޫޝާން އަލީ – ވައްލަ ހައުސް ކެޕްޓަން

އުމަރު ޞަބާހް ޝަރީފް – ވައްލަ ހައުސްގެ ޑެޕިއުޓީ ކެޕްޓަން

މުހައްމަދު ޔަނާލް ޒާހިދު – މާރަނގަ ހައުސް ކެޕްޓަން

މުހައްމަދު ނާހިލް މުރުޠަލާ – މާރަނގަ ހައުސްގެ ޑެޕިއުޓީ ކެޕްޓަން

ފާތިމަތު ނަޝާތު ނިޔާޒް – ކުރެނގި ހައުސް ކެޕްޓަން

މުހައްމަދު އަނާމް އާދަމް – ކުރެނގީ ހައުސްގެ ޑެޕިއުޓީ ކެޕްޓަން

އަހުމަދު އައިހަމް އިބްރާހިމް – ހޯރަ ހައުސް ކެޕްޓަން

އައިޝަތު އިންޝާ އަލީ – ހޯރަ ހައުސްގެ ޑެޕިއުޓީ ކެޕްޓަން

މުހައްމަދު ލައިޝް ޔާސިރު – ހޯރަ ހައުސްގެ ޑެޕިއުޓީ ކެޕްޓަން

އައިޝަތު މިސްކް އަލީ ޝަރީފް – އީއެލްއޭގެ ރައީސް

މަރިޔަމް މައްޔާސާ މުހައްމަދު – ޑީއެލްއޭގެ ރައީސް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *