ދަރިވަރުންނަށް އަމާޒުކޮށް ސާވޭއެއް ކުރުމުގެ ނަމުގައި އެ ދަރިވަރުންގެ އައިޑީ ކާޑްގެ ކޮޕީއެއް ހޯދަމުންދާ ކަމުގެ މައުލުމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
" މިފަދަ ރަސްމީ ޑޮކިއުމަންޓްތަކުގައި ހިމެނޭ ޒާތީ މައުލޫމާތަކީ އެކި އެކި ސްކޭމްތައް ހިންގުމާއި އައިޑެންޓިޓީ ތެފްޓް ފަދަ އަދިވެސް އެހެނިހެން ކުށްތައް އަރައިގަތުމަށް ބޭނުން ކޮށްފާނެ މައުލޫމާތު ހިމެނޭ ޑޮކިއުމަންޓަކަށް ވުމާއެކު މިފަދަ ތަކެތި ހިއްސާ ނުކުރުމަށް އިލްތިމާސް ކުރަމެވެ." ފުލުހުން އާންމު ކުރި ކުރު ބަޔާނުގައި ބުނެފައިވެއެވެ.
ސްކޫލްތަކުގެ ވައިބަރ ގުރޫޕްތަކަށް ސްކޫލްތަކުން ފޮނުވި މެސެޖްގައި ބުނެފައި ވަނީ މިކަމަށް ސަމާލުވެ އެއްވެސް ފަރާތަކަށް އައިޑީކާޑްގެ ކޮޕީއެއް ވެސް ހިއްސާ ނުކުރުމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުން މިކަމަށް އިތުރަށް ސަމާލުވެ ބެލެނިވެރިންނަށް އެކަން އަންގައި ދިނުމަށް ސްކޫލްތަކުގެ ކިބައިން އެދިފައެވެ.
އިންތިޚާބުތަކާ ދިމާކޮށް އައިޑީކާޑްގެ ހޯދުމުގެ މަސްލަ މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.
advertisment
ހިޔާލު