މަސައްކަތްތެރިކަން ދަސްކޮށްދޭ ފުރަތަމަ ލެބް ތާޖުއްދީނުގައި ހުޅުވައިފި

ސްކޫލްތަކުގައި ވޮކޭޝަނަލް އެޑިޔުކޭޝަންގެ ތަޢުލީމު ދިނުމަށް ޤާއިމްކުރެވޭ ލެބްތަކުގެ ތެރެއިން އެންމެ ފުރަތަމަ ލެބް ތާޖުއްދީން ސްކޫލްގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ހުޅުއްވައިދެއްވައިފިއެވެ.

މި ލެބްތަކުގެ އެހީގައި ދަރިވަރުން އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު ހުނަރުތައް ކަމަށްވާ ކެއްކުމާއި ފެހުމާއި ވަޑާންކުރުމުގެ މަސައްކަތް އަދި އާޓާއި ކްރާފްޓްގެ މަސައްކަތްތައް އެކުދިންނަށް ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން ދަރިވަރުންގެ ފަންނީ ހުނަތަކުގެ އިތުރުން އެ ކުދިންނަށް އުފެއްދުންތެރި ވިސްނުމާއި ދިރިއުޅުމުގައި ދިމާވަ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު މުސްތަޤުބަލުގައި ހުނަރުވެރި ޤާބިލު ތަޢުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ޖެނެރަލް ލެބްގެ އިތުރުން އަދި ވަކި ވަކި ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްޞަކޮށްގެން ހުޅުވާ ލެބްތައް ވެސް ކުރިއަށްއޮތް ތަނުގައި ސްކޫލްތަކުގައި ހުޅުވަން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އެއަރ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތް ދަސްކޮށްދޭ ލެބްތަކާއި އިލެކްޓްރޯނިކް މަސައްކަތް އަދި ވަޑާމުގެ މަސައްކަތަށް ޚާއްޞަކޮށްފައިވާ ލެބްތައް ހިމެނޭނެއެވެ. ވޮކޭޝަނަލް އެޑިޔުކޭޝަން ކިޔަވައިދޭނީ މިހާރުގެ މަންހަޖުގައި ކިޔަވައިދޭ މާއްދާތަކަށް މަސައްކަތްތެރިކަމާއި ހުނަރުގެ ބައިތައް އެއްކޮށްގެންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މިއީ ދަރިވަރުން ޝައުގުވެރިވާގޮތަށް ތައުލީމު ބައްޓަން ކުރެވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭގޮތަށް 28 ސްކޫލެއްގައި މަސައްކަތްތެރިކަމުގެ ތަޢުލީމު ދަސްކޮށްދޭ ލެބްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ މިއީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. އޭއީޑީޕީ އަކީ ވޯލްޑް ބޭންކުގެ ނުވަ މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ އެއް މިލިއަން ޑޮލަރު ހިމެނޭގޮތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމްކުރެވިފައިވާ ފަންޑެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *