ފުވައްމުލައް ސިޓީ ކައުންސިލުގެ ނަމާދު ޕްރޮގްރާމުގައި 150 އަށްވުރެ ގިނަ ކުދިން ބައިވެރިވެއްޖެއެވެ.
މި ޕްރޮގްރާމް ފެށީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މިއީ ކޮންމެ ރައްޔިތަކީ ފަސް ނަމާދު ޤާއިމުކުރާ ރައްޔިތަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
ފިރިހެން ކުދިންނަށް ޙާއްސަކޮށްގެން އެ ސިޓީގެ މިސްކިތްތަކުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމް ނިމޭއިރު، ވުޟޫކުރުން، ނަމާދުގައި ކިޔާތަކެތި ހިތުންދަސް ކުރުން، ޤުރުއާނުން ކޮންމެވެސް މިންވަރެއް ހިތުން ދަސްކުރުމާއި، އަޤީދާއާއި ގުޅޭ ބައެއް މަޢުލޫމާތު ކުދިންނަށް ދަސްވެގެންދާނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެއެވެ.
ނަމާދު ޕްރޮގްރާމުގައި ބައިވެރިވަނީ 31 އޮގަސްޓުގެ ނިޔަލަށް އުމުރުން 9 އަހަރުފުރި، 13 އަހަރު ނުފުރޭ ކުދިންނެވެ.
advertisment
ހިޔާލު