އިހައްދޫ ސްކޫލުގެ 23 ދަރިވަރުންނަށް ލިޔެލާ ޖަހަން ދަސްކޮށްދީފި

ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލްގެ 23 ދަރިވަރުންނަށް ލިޔެލާޖަހަން ދަސްކޮށްދީފިއެވެ.

މިއީ އެ އަތޮޅު ފުނަދޫ ވިމެންސް އެންހޭންސްމަންޓް ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަތްފާއެއްގެ މުއްދަތައް ކުރިއަށް ގެންދިޔަ ކޯހެކެވެ.

އިހައްދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނަޒީލް ދަރިވަރު ނޫހަށް ވިދާޅުވީ، ލިޔެލާ ޖަހަން ދަސްކޮށްދޭން ހިންގި ކޯހުގެ ސަބަބުން ދަރިވަރުންގެ ހުނަރާއި ޤާބިލިއްޔަތު ފިނިގެން ހިނގެއްޖެ ކަމަށާއި، ދަރިވަރުން އަމިއްލައަށް ތަކެތި އުފެއްދޭނެ މިންވަރަށް އެ ހުނަރު ތަރައްޤީ ކޮށްދެވިފައިވާ ކަމަށެވެ.

" ދަރިވަރުން އަމިއްލައަށް ގިނަ އުފެއްދުންތަލެއް މިހާރު ވަނީ ތައްޔާރުވެސް ކޮށްފައި. މިއީ ސްކޫލަށާއި ދަރިވަރުންނަށް ވެސް ލިބުނު މުހިންމު ފުރުޞަތެއް"

މި ކޯހުގައި ލިޔެލާޖަހަން ދަސްކޮށްދިނީ އެ މަސައްކަތުގައި ރާއްޖޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ތުޅާދޫ އިބްރާހިމް ސޯލިހެވެ.

ނަޒީލް ވިދާޅުވީ، ތިޔަރީބައި ދަރިވަރުންނަށް ކިޔައި ދިނުމުގައި ސޯލިޙްގެ އަންހެނުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

ލިޔެލާޖަހަން ދަސްކޮށްދިނުމަށް ހިންގި ކޯހުގައި އިހައްދޫ ސްކޫލްގެ 30 ދަރިވަރުން ބައިވެރިވި ނަމަވެސް، ޤުރުއާން މުބާރާތުގައި ބައިވެރިވާން ޖެހުމުން ހަތް ދަރިވަރަކަށް ކޯސް ކުރިއަށް ގެންދެވޭ ގޮތެއް ނުވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *